ދެފާރު ދޭތެރޭ ތާށިވި ކުއްޖާ ސަލާމަތްކޮށްފި

ދެފާރު ދޭތެރޭ ތާށިވި ކުއްޖާ ސަލާމަތްކޮށްފި

Author
މުޙައްމަދު ޖިމީ
12 ޖޫން 2021 05:49
0

ށ.ނަރުދޫގައި ދެފާރު ދޭތެރޭގައި ތާށިވިކުއްޖާ ސަލާމަތްކޮށްފިއެވެ.

ދެފާރު ދޭތެރޭގެ ހަނިތަނަކަށް ޢުމުރުން 4 އަހަރުގެ ކުއްޖަކު ވަނީ ކުޅެން އުޅުމުގެ ތެރޭގައެވެ. ނަމަވެސް އެތަނަށްވަދެ އެކުއްޖާއަށް ނުނިކުމެވި ތާށިވީއެވެ.

ނަރުދޫ ކައުންސިލުން ބުނީ، އެ ފިރިހެންކުއްޖާ ތާށިވީ ގޭގެ އިންފާރާއި ގޭގެ ފާރާ ދޭތެރޭގައިކަމަށެވެ. އެއީ އެތެރެއަށް ދިޔަވަރަކަށް ހަނިވާގޮތަށް ހުރި ތަނެއްކަމަށާއި، އެކުއްޖާ ތާށިވީ މާބޮޑަށް އެތެރެއަށް ވަދެވުމުންކަމަށް ކައުންސިލުން ބުންޏެވެ.

މި ހާދިސާގައި އެކުއްޖާ ސަލާމަތްކުރީ ރަށުގެ ގިނަ ބައެއްގެ މަސައްކަތުންނެވެ. ކުއްޖާ ސަލާމަތްކުރީ އެ ކުއްޖާއަށް ނުކުމެވޭ ވަރަށް ފާރުން ބާގަނޑެއް ހަދައިގެންނެވެ.

އެކުއްޖާ ސަލާމަތްކުރަން ފަސޭހަވީ އެކުއްޖާ ނުރޮއި ބުނާގޮތް ހެދުމުގެ ސަބަބުންކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.