އައްޑޫސިޓީން މުޢިއްޒުއަށް ލިބުނު ވޯޓުން ބުނެދެނީ ރައްޔިތުންގެ އުއްމީދުތަކާއި ޕީޕީއެމްއާއި ގުޅިފައިވާ މިންވަރު

އައްޑޫސިޓީން މުޢިއްޒުއަށް ލިބުނު ވޯޓުން ބުނެދެނީ ރައްޔިތުންގެ އުއްމީދުތަކާއި ޕީޕީއެމްއާއި ގުޅިފައިވާ މިންވަރު

Author
މުޙައްމަދު ޖިމީ
12 ޖޫން 2021 05:40
0

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑުގެ ސިޓީ ކައުންސިލްތަކުން ހޮވާ ގޮނޑިއަށް މެމްބަރަކު އިންތިޚާބު ކުރުމަށް މިއަދު ބޭއްވުނު ވޯޓުގައި އައްޑޫ ކައުންސިލްގެ އެމްޑީޕީގެ ބައެއް މެމްބަރުން މާލޭސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒުއަށް ވޯޓު ދިނުމުން ހާމަވަނީ، އެސިޓީގެ ރައްޔިތުންގފެ އުއްމީދުތަކާއި ޕީޕީއެމްއާއި ގުޅިފައިވާ މިންވަރުކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

(އެލްޖީއޭ) ބޯޑުގެ ސިޓީ ކައުންސިލްތަކުން ހޮވާ ގޮނޑިއަށް މެމްބަރަކު އިންތިޚާބު ކުރުމަށް މިއަދު ބޭއްވުނު ވޯޓުގައި އައްޑޫ ސިޓީ ކައުންސިލުން ވޯޓުލީ 13 މެމްބަރުންގެ ތެރެއިން 7 ކައުންސިލަރުން ވަނީ ޑރ.މުޢިއްޒުއަށް ވޯޓު ދެއްވާފައެވެ.

މިކަމަށް އިޝާރާތްކުރައްވާ އާދަމް ޝަރީފް ވިދާޅުވީ، އައްޑޫސިޓީން ޑރ.މުޢިއްޒުއަށް ލިބުނު ވޯޓުން ބުނެދެނީ އައްޑޫސިޓީގެ ރައްޔިތުންގެ އުއްމީދުތަކާއި ޕީޕީއެމްއާއި ގުޅިފައިވާ މިންވަރުކަމަށެވެ. އަދި އެއިން ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުވަމުންދާގޮތާއި، ރައީސް ޔާމީނަށް ރައްޔިތުން އިންތިޒާރު ކުރަމުންދާ މިންވަރުވެސް ހާމަވާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި މިހާރު ފެންނަމުންދަނީ އަދި މާ އުއްމީދީ މަންޒަރުތަކެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އައްޑޫ ކައުންސިލްގައި އިންތިޚާބު ކޮށްފައި ތިއްބަވަނީ ޖުމްލަ 13 މެމްބަރުންނެވެ. މީގެރޭގައި ހިމެނެނީ، ހިތަދޫގެ 6 ކައުންސިލަރުންނާއި، ހުޅުދޫގެ 2 ކައުންސިލަރުންނާއި، ފޭދޫގެ 2 ކައުންސިލަރުންނާއި މަރަދޫގެ 1 ކައުންސިލަރަކާއި، މަރަދޫފޭދޫގެ 1 ކައުންސިލަރެއްގެ އިތުރުން މޭޔަރު އަލީ ނިޒާރެވެ. މީތެރޭގައި ހިމެނެނީ އެމްޑީޕީ 7 ކައުންސިލަރުންނާއި، ޕީޕީއެމްއަށް ނިސްބަތްވާ 3 ކައުންސިލަރެއްގެ އިތުރުން އަމިއްލަ 3 ކައުންސިލަރެކެވެ.

އެލްޖީއޭ ބޯޑުގެ ސިޓީ ކައުންސިލްތަކުން ހޮވާ ގޮނޑިއަށް މެމްބަރަކު އިންތިޚާބު ކުރުމަށް މިއަދު ބޭއްވުނު އިންތިޚާބުގައި، ޕީޕީއެމްގެ 3 ކައުންސިލަރުން ތިއްބެވިނަމަވެސް، މި ވޯޓުގައި މުއިއްޒުއަށް 7 މެމްބަރުންގެ ވޯޓު ލިބިވަޑައިގެންނެވިކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އެކަމަށްޓަކާ އައްޑޫ ކައުންސިލްގެ މެމްބަރުންނަށް އޭނާ ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

އައްޑޫ ކައުންސިލްގެ ބައެއް މެމްބަރުންގެ ވޯޓު ޕީޕީއެމްގެ ކެނޑިޑޭޓަށް ލިބިގެން ގޮސްފައިވާކަން ޔަގީން ކުރެވިފައިވާއިރު، އެމްޑީޕީގެ ލީޑަރޝިޕްގައި ބޮޑެތި މައްސަލަތައް އުފެދި އެޕާޓީ ވަނީ ވަރަށް ބޮޑަށް ބައިބައިވެފައެވެ.

މިގޮތުން، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް މޭ 6ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއަށް ފަންޑުކުރި ފަރާތްތަ ހޯދުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތައް ނުކުރާ ކަމަށްބުނެ، ނަޝީދަށް ތާޢީދުކުރާ ފަރާތްތަކުން ދަނީ، ސަރުކާރުގެ އިސްބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑުގެ ސިޓީ ކައުންސިލްތަކުން ހޮވާ ގޮނޑިއަށް ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީޤް އިންތިޚާބުކޮށްފިއެވެ.

މި ގޮނޑިއަށް އިސްމާއިލް ރަފީޤާއި ވާދަކުރެއްވީ މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.