މާލެސިޓީ ކައުންސިލް މެންބަރު ޔުމްނާ ޕީޕީއެމްއަށް ސޮއިކޮށްފި

މާލެސިޓީ ކައުންސިލް މެންބަރު ޔުމްނާ ޕީޕީއެމްއަށް ސޮއިކޮށްފި

Author
މުޙައްމަދު ޖިމީ
12 ޖޫން 2021 04:45
0

މާލެސިޓީ ކައުންސިލްގެ މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު އާމިނަތު ޔުމްނާ ޕީޕީއެމްއާއި ގުޅިވަޑައިގެންފިއެވެ.

ޔުމްނާ ޕީޕީއެމްއަށް ސޮއިކުރުމަށް ޕީޕީއެމް އޮފީހުގައި ބޭއްވި ހަރަކާތުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ)އާއި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒުއާއި، ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޔުމްނާ ސިޓީ ކައުންސިލަށް ހޮވިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައެވެ. އަދި ޔުމްނާ ޕީޕީއެމްއަށް ގުޅިވަޑައިގަތުމާއި ގުޅިގެން މާލެސިޓީ ކައުންސިލްގެ 19 މެންބަރުންގެ ތެރެއިން ޕީޕީއެމްގެ މެންބަރުންގެ އަދަދު ވަނީ 13އަށް އިތުރުވެފައެވެ.

ޔުމްނާ ޕީޕީއެމްއާއި ގުޅިވަޑައިގަތުމުން، އެޕާޓީގެ ލޑާޝިޕުން ޔުމްނާއަށް ވަނީ މަރުހަބާ ކިޔާފައެވެ.

އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލެ ސިޓީން އިދިކޮޅު ޕީޕީއެމް އިން ވަނީ ބޮޑު އަޣްލަބިއްޔަތަކާއެކު ކައުންސިލް އިންތިޚާބު ކާމިޔާބުކޮށްފައެވެ. އެގޮތުން މާލެ ސިޓީގެ މޭޔަރުކަންވެސް ލިބިވަޑައިގަތީ ޕީޕީއެމްގެ ނާއިބު ރައީސް ޑރ.މުޙައްމަދު މުޢިއްޒުއަށެވެ.

މިހާރު އޮތް މާލެ ސިޓީ ކައުންސިލުން އަންނަނީ މާލޭގެ ހުރި ގިނަ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.