އެތެރޭގެ ޑިމޮކްރަސީ އެންމެ ވަރުގަދަނީ ޕީޕީއެމް، ޕީއެންސީގައި: އާދަމް ޝަރީފް

އެތެރޭގެ ޑިމޮކްރަސީ އެންމެ ވަރުގަދަނީ ޕީޕީއެމް، ޕީއެންސީގައި: އާދަމް ޝަރީފް

Author
މުޙައްމަދު ޝަޒައިމް
12 ޖޫން 2021 11:15
0

ރާއްޖޭގައި މިހާރު ހިންގަމުންދާ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެތެރޭގެ ޑިމޮކްރަސީ އެންމެ ހަރުދަނާވެފައި، އެންމެ ޑިމޮކްރަޓިކްކޮށް ހިންގަމުންދާ ޕާޓީއަކީ ރައީސް ޔާމީންގެ ޕީޕީއެމް، ޕީއެންސީ ކަމުގައި ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް ދެވުނު ޓެރަރިސްޓު ހަމަލާއަށްފަހު އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާއި ގުޅިގެން އެޕާޓީ ތެރޭގައި ވަނީ ބޮޑެތި ކޯޅުންތަކެއް އުފެދިފައެވެ. އެމްޑީޕީގެ ތެރޭގައި އޮތް ޚިޔާލު ތަފާތުވުންތަކައި ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ތެރޭގައި އޮންނަންޖެހޭ ބަދަހިކަމާއި، އެއްބައިވަންތަކަން އޮތް ހަމައެކަނި ޕާޓީއަކީ އިދިކޮޅު ޕީޕީއެމް ޕީއެންސީކަމަށެވެ. ދިވެހި ރައްޔިތުންގެ މިއަދުގެ އުންމީދަކީ ރައީސް ޔާމީން އަލުން ވެރިކަމަށް ގެނައުންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އެންމެ ޑިމޮކްރަޓިކް އަދި އެތެރޭގެ ޑިމޮކްރަސީ އެންމެ ހަރުދަނާ، ލީޑަރޝިޕްގެ ގުޅުން އެންމެ ބަދަހީ ރައީސް ޔާމީންގެ ޒަޢާމަތުގައި ހިންގަމުންދާ ޕީޕީއެމް، ޕީއެންސީ. ރައްޔިޔުންގެ އުންމީދަކީ 2023 ގައި ރައީސް ޔާމީން، ދިވެހިންނަށް މި ޤައުމު އަލުން ހޯދައިދީ، މިނިވަން، މުސްތަޤިއްލު ވެރިކަމެއް ޤާއިމްކުރުން.

– އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް މިފަދަ ގޮތަކަށް ވިދާޅުވެފައިވާއިރު، ޕީއެންސީ އުފައްދަވާފައިވަނީ، ރައީސް ޔާމީންގެ ވެރިކަން ނިމުމަށްފަހު ޕީޕީއެމް ގެއްލިދާނެކަމުގެ ބިރު ހީވުމުންނެވެ. އަދި އެޕާޓީ ތެރޭގައި ރައީސް މައުމޫނާއި، ރައީސް ޔާމީންގެ ޚިޔާލު ތަފާތުވެ އިންތިހާއަށް އެދުވަސްރު ވަނީ ބައިބައވުންތައް އުފެދުފައެވެ. މިއަދު އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ބައިބައިވުންތައް ގިނަ ބަޔަކު ސިފަ ކުރަނީވެސް ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް މައުމޫނާއި، ރައީސް ޔާމީންގެ ދެމެދުގައި އޮތް ބައިބައިވުންތަކުންނެވެ.

ވެރިކަން ކުރާ އެމްޑީޕީގެ ތެރޭގައިބައިވުން ބޮޑުވެ، ޕާޓީ ދެބައިވެފައިވާކަމަށް އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ވަނީ ވިދާޅުވެފައެވެ. އަދި މިކަން މިހެންވާވީ ރައީސް ނަޝީދު އެއްފަރާތްކޮށް ކަންކަން ކުރަން އުޅުމުންކަމަށް ހަސަންވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަމާން
އެތެރޭގަ އޮތީ ވައްކަން ކުރުމުގެ ހަރުދަނާ ޑިމޮކުރަސީ އެއް.ދެން އޮތީ ހިތާ ވުމުގެ ޑިމޮކުރަސީ އެއް. އެމްޑީޕީ އަކީވެސް ފެއިލް ވެފައިވާ ބައެއް. ތިންވަނަ ފިކުރެއް ދެން ބޭނުމީ.
H H.k
އޭތްބަލަގަދަތްދޮޅިއާދަނާއެވެއާދަނުކަލޭމަޖިލީސްފާރުމަތިންމެންބަރުންއުކުމައްފަހުމިހާރުތިއަހުރީޕީޕީއެމްގަތަ އޯގަދަދެންއަތްޖަހާ