ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ އެމްޑީޕީ މެންބަރު އަދި އެޕާޓިގެ ޕާލިމަންޓްރީ ގްރޫޕްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) އެޕާޓިން ވަކިކުރައްވާނެކަމުގެ އިޝާރާތެއް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ދެއްވައިފިއެވެ.
އެމްޑީޕީން ބިގޭ ވަކިކުރައްވާނެކަމުގެ އިޝާރާތެއް ކުރައްވާފައިވަނީ، ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން މަޖިލީހުން ހަދަމުންދާ އިންކުއަރީއަށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިސްކޮށް ހުންނަވާ ބިގޭ މެދުވެރިކުރައްވާ ހުރަސް އަޅުއްވާކަމުގެ ތުހުމަތު ރައީސް ނަޝީދާއި، އެމަނިކުފާނުގެ އަރިސް އެމްޑީޕީގެ މަޖިލިސް ބައެއް މެންބަރުން ކުރައްވަމުން ގެންދިއުމާއި ގުޅިގެންނެވެ. އެމްއެންޑީއެފްގެ ވަކިވަކި ސިފައިން ކޮމިޓީއަށް ޙާޒިރުކުރުމާއި ދެކޮޅަށް އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މަޖިލީހަށް ފޮނުއްވި ސިޓީއާއި ގުޅިގެން އެ މައްސަލަ އިމްތިޔާޒް ކޮމިޓީން ބަލަމުން ދަނިކޮށް، ކޮމިޓީން ބޭރުކޮށްލީ ކުރީގެ ޑިފެންސް މިނިސްޓަރ އަދި ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ހުށައަޅުއްވާ އެމްޑީޕީގެ 4 މެންބަރަކު ތާޢީދުކުރައްވައެވެ. އެކަން ކުރެއްވީ ރައީސް ޞާލިޙް ބިގޭ މެދުވެރިކުރައްވާކަމުގެ ތުހުމަތުތަކެއް ވަނީ ފެންމަތިވެފައެވެ.
ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއަކީ އެމްޑީޕީގެ މަންމަ ކަމަށާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ގެއްލުންވާނެ އެއްވެސް ކަމަކަށް މާރިޔާ ދީދީ ޖާގަ ނުދެއްވާނެކަމަށް ބިގޭ ވިދާޅުވުމާއި ގުޅިގެން ރައީސް ނަޝީދު ބިގޭއަށް ވަނީ މިއަދު ރައްދުވެސް ދެއްވާފައެވެ. އެގޮތުން ބިގޭ މިހާރު ކުރައްވަމުންދާ މަސައްކަތަކީ ސިޔާސީ ގޮތުން ލިބެން އޮތް މަންފާއަކަށްޓަކައި ކުރައްވާ މަސައްކަތްތަކެއްކަމަށެވެ. އެފައިދާއަށްކައި އެމަނިކުފާނަށް ވަފާތެރި ބޭފުޅުންނަކީ ކޮބައިކަން ކިޔައިދޭން ނޫޅުއްވުމަށް ރައީސް ނަޝީދުވަނީ ބިގޭއަށް ދަންނަވާފައެވެ.
ރައީސް ނަޝީގެ ފޭކް ޓްވިޓަރ އެކައުންޓްކަމަށް ބުނާ އެލެކްސް އަޙްމަދު އިން ކުރި ސިލްސިލާ ޓްވީޓްތަކެއްގައިވަނީ ބިގޭ އެމްޑީޕީން ވަކިކުރާނެކަމުގެ އިޝާރަތެއް ކުރައްވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީ ބައިބައިވާނެ ސަބަބެއް ނުވިސްނޭކަމަށާއި، ފިޔަވަޅު އަޅާ ކޮމިޓީގެ ބޭނުންކަީ ޕާޓީގެ އަސާސްތަކާއި ޚިލާފްވާ މެންބަރުންނަށް ފިޔަވަޅު އެޅުންކަމަށެވެ. އެފަދަ މީހުން ޕާޓީން ވަކިކުރުންކަމަށާއި، އެމްޑީޕީއަކީ މެންބަރުންގެ ޕާޓީއެއްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ކަންކަން ނިންމާނީ މެންބަރުންގެ ވޯޓުންކަމަށާއި، އެކަން ކުރާނީ ޤައުމީ މަޖިލީޙުން ނުވަތަ ޕާލިމަންޓްރީ ގްރޫޕުންވެސް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
JP ge menbarunge husha helhumah MDP MP’s vote dhinee PG ge SG lobby kureema. Mee Party ge asaas aai hilaaf kan kan.
— Alex Ahmed (@anedhivehirajje) June 11, 2021
Mi Odi eh nufeytheyne. Mi azumeh nugudaane.
— Alex Ahmed (@anedhivehirajje) June 11, 2021
Party ge Chair ey vidhaalhu vanee ragalhah. Sarukaarun beynun vee MMPRC ge mahsala aai maru thakuge mahsala ohbaalan. Ey kan kuraan Party ge gina menbarun beynumeh nuvey, eyhenas PG ge SG ey magah lobby kuranee RJ ge namugai. Alhugadu adhi mihuree slip gai. Catch anaan.
— Alex Ahmed (@anedhivehirajje) June 11, 2021
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީ ދެބައި ވެފައިވާކަމަށް ބިގޭ މިއަދު ވިދާޅުވުމާއިގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަޠީފްވެސް ވަނީ ބިގޭއަށް ރައްދު ދީފައެވެ. އެގޮތުން އެމްޑީޕީ ދެބައިވީ، އެޕާޓީގެ ރައީސް މުޙައްމަދު ނަޝީދާއި، ޕާޓީ އެކަހެރިކޮށްގެން ސަރުކާރު ހިންގަން އުޅުމުންކަމަށް އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަޠީފް ވަނީ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޅިޔަނު ބިގޭއަށް، ރައްދުދެއްވައި އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަޠީފް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، މަސައްކަތް ދެބައިވީ އެމްޑީޕީން ވަޢުދުވި ކަންކަން ސަރުކާރުން ބޭނުން ނުވީމަކަމަށެވެ. އެމްޑީޕީ ދެބައިވީ އެމްއެމްޕީއާރުސީއާ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ސަރުކާރުން ފޫހާކަން ފެށީމާއި، ސަރުކާރާއި ޕާޓީގެ ގުޅުން ހީނަރުކޮށްލީމަކަމަށްވެސް ޙަސަން ލަޠީފް ވިދާޅުވިއެެވެ. އަދި ޖުމްލަކޮށް ރައީސް ނަޝީދާއި ޕާޓީ އެކަހެރިކޮށްގެން ސަރުކާރު ހިންގަން އުޅުނީމަކަމަށްވެސް އެމްޑީޕީގެ ޗެއަރޕާސަން ވިދާޅުވިއެވެ.
3 Responses
ވެރިކަން ނުލިބިގެން މީހަކު މަރުފަލި ޖަހާތަން އަސްލު މި ފެންނަނީ
ޜޖ ވެސްް ޕާޓީންް ވަކިި ކުރަންް ވީނު
ރައީސް ނަސީދަކީ ވެރިކަމާހެދި ބޫތު ކައިފައި ހުރި މީހެއް