ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު 300އިން ދަށަށް ޖެހިލައިފިއެވެ. އެގޮތުން މިއަދު ޕޮޒިޓިވްވީ 295 މީހުންނެވެ.
ފާއިތުވީ ސައުވީސް ގަޑީރުގެ ތެރޭ ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި 295 މީހުންގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 138މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 146މީހުންނާއި ރިޒޯޓްތަކުން ޕޮޒިޓިވްވި 11މީހުންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 69،831އަށް އަރާފައެވެ.
ޕޮޒިޓިވްވީ އަދަދު މަދުވުމާއި ބަލިން ރަނގަޅުވާ އަދަދު އިތުރުވުމާއެކު ބައްޔަށް ފަރުވާހޯދަމުން މިހާރުގެންދާ މީހުންގެ އަދަދު ވަނީ 13،071އަށް ދަށްވެފައެވެ. މިވަގުތު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 111މީހުންނަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 1،504 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 56،559އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިދެނެގަތުމަށް 4،736ސާމްޕަލެއްވަނީ ކޯވިޑް-19އަށް ޓެސްޓުކޮށްފައެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑްގައި ނިޔާވި މީހުންގެ ޢަދަދު ވަނީ 192އަށް އިތުރުވެފައެވެ. އެއީ 175 ދިވެހިންނާއި 17 ބިދޭސީންނެވެ.
ކޮމެންޓު ފޮނުވާ