ވައްޑެ ބިގޭއަށް: ވެރިކަން ލިބުމާއެކު އެމްޑީޕީ ދެބައިވެއްޖެ

ވައްޑެ ބިގޭއަށް: ވެރިކަން ލިބުމާއެކު އެމްޑީޕީ ދެބައިވެއްޖެ

Author
ޢަލީ އާދަމް
11 ޖޫން 2021 06:28
0

2018 ވަނަ އަހަރު ވެރިކަން ލިބުނު ހިސާބުން އެމްޑީޕީ ދެބައި ވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.

ވައްޑެ މިހެން ވިދާޅުވީ އެމްޑީޕީއަށް ވެރިކަމުގެ 2 ބާރު ލިބިފައި ވާއިރު ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ މަސައްކަތް ދެބައިވެ، އަދި އެމްޑީޕީގެ މަސައްކަތް ވެސް ދެބައިވެފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާ މެމްބަރު މުޙައްމަދު ރަޝީދު ހުސައިން (ބިގޭ) ޓީވީ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކައަށް ރައްދުދެއްވައި ކުރެއްވި ޓްވީޓެއްގައެވެ.

ވައްޑެ ވިދާޅުވީ އެމްޑީޕީ ދެބައި ވެފައި ވަނީ ބަގާވާތްކުރި މީހުން ރުއްސަން އެމްޑީޕީގެ ހުރިހާ އުސޫލުތަކާއި އެމްޑީޕީން ވިއްކި ސިޔާސަތުތަށް ބޮލާލައި  ޖެހި ހިސާބުންކަމަށެވެ. ވައްޑެ މިހެން ވިދާޅުވެފައި މި ވަނީ 2018ގެ ރިޔާސީ އިންތިޚާބް ކާމިޔާބުކުރުމަށް އެމްޑީޕީއަށް ހަދަން ޖެހުނު ކޯލިޝަނާ ގުޅޭގޮތުންނެވެ. އެގޮތުން އެމްޑީޕީގެ ފުރަތަމަ ވެރިކަން 2012 ވަނައަހރު ބަދަލުވުމުގައި އެންމެ އިސްކޮށް ތިއްބެވި ކަމަށް އެމްޑީޕީގެ ގިނަބަޔަކު ގަބޫލުކުރާ އެތައް ސިޔާސީ ލީޑަރުންނާއެކު ކޯލިޝަން ހެދުމަށް އެމްޑީޕީއަށް މަޖުބޫރުވީ އެނޫންގޮތަކަށް އިންތިޚާބު ކާމިޔާބު ވާނެ މަގެއް ނުފެނުމުންނެވެ.

ކޯލިޝަން ސަރުކާރެއްގެ ގޮތުގައި އުފެއްދި އަދުގެ ސަރުކާރު ދިފާއުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅަށް އެމްޑީޕީގެ އެތެރެއިން ގިނަ ހިތްހަމަނުޖެހުންތަކެއް އަންނަނީ ރައްދުވަމުންނެވެ. އެގޮތުން ސަރުކާރަށް އެންމެ ފާޅުގައި ފާޑުވިދާޅުވާ މެމްބަރުންގެ ތެރޭ ވައްޑެވެސް ހިމެނިވަޑައިގަންނަވައެވެ.

ވައްޑެ މިއަދު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ނަޝީދުގެ ފުރާނައިގެ އަގަށްވުރެ، ޅިޔަނުންގެ އަބުރުފުޅުގެ އަގު މަތި ކުރާން އުޅޭ ތަން ފެންނަމުންދާ ކަމަށެވެ. މި ވާހަކަތައްވެސް ވައްޑެ އަމާޒުކޮށްފައި ވަނީ މެމްބަރު ބިގޭ އަށެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ބިގޭ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި ނަމަވެސް އެ މަސައްކަތުގެ ތެރެއިން ސަރުކާރު ހިންގުމަށް ހުރަސްއެޅޭ ހިސާބަށް ކަންކަން ގެންދެވޭ ނަމަ، އެއް ޕާޓީއަކުން ހިންގާ އެ ދެ ބައިގެ މަސައްކަތް އެދަނީ އެންމެ ރަނގަޅަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ބިގޭ އަކީ ސަރުކާރު ހިންގުމަށް އެއްބާރުލުން ދިނުމަށް އަބަދުވެސް ވަކާލާތު ކުރައްވާ މެމްބަރެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އެކުވެރިއެއް
ކޯލީޝަން ރޫޅާނުލީމާ ނަޝީދު ސަރުކާރުތެރެ ގަޑުބަޑުކުރަނީ ވަރަށްސާފް އިނގޭތޯ އިބޫއަކީ ކޯލީޝަނަށް އިޚްލާސް ތެރިބޭފުޅެއް
b birubodu
ހަންޑިބޭ އެދޭގޮތަށް ކޯލީޝަން މީހުން މަޤާމް ތަކުން އިބޫ ދުރުނުކުރީމާ އިބޫދެކެ ހަންޑިބޭ ރުޅިއައިސްގެން ސަރުކާރުތެރެ ހަންޑިބޭ ގަޑުބަޑުކުރަނީ ވަރަށްސާފް އިނގޭތޯ
މ މަމޮޅު
މަޖީލީހުގެ ރިޔާސަތަށް ނަޝީދު އެރުމާއެކު ޕާޓީ ދެބައިވެއްޖެ. ނަޝީދު ބޭނުންވަނީ ބޮޑުވަޒީރަށް ވާން. އެކަން ނުވާނެކަމުގެ މަންޒަރުތައް ފެންނަން ފެށުމުން ޕާޓީ ފުޑާލާ ވެރިކަން ވައްޓާލަން ރާވަނީބާ؟