ޔުކްރޭން ޖޯޒީ ސިޔާސީވެ ބަދަލުކުރަން އަންގައިފި

ޔުކްރޭން ޖޯޒީ ސިޔާސީވެ ބަދަލުކުރަން އަންގައިފި

Author
އިބްރާހީމް ސާޢިދު
11 ޖޫން 2021 03:44
0

ޔޫރޯ އަށް ޔޫކްރެއިން އިން ފަރުމާކުރި ޖޯޒީގައި އެ ގައުމުގެ ޗާޓު ފެންނަ ގޮތަށް ސިޔާސީ ހަމަނުޖެހުން އުފެދޭ ގޮތަށް އިން ބައި އުނިކުރަން ޔުއެފާ އިން ޔޫކްރެއިން އަށް އަންގައިފިއެވެ.

މި ފަހަރުގެ ޔޫރޯ އަށް ޔޫކްރެއިން އިން ފުރަތަމަ ޖޯޒީ ރަޖިސްޓްރީކުރިއިރު، ޔުއެފާ އަށް އެއްވެސް މައްސަލައެއް ފާހަގަނުކުރެވި ކުރިއަށްދާން ހުއްދަ ދިނެވެ. ޔުއެފާ އިން ޔޫކްރެއިން އަށް މި ގޮތަށް އެންގީ އެ ގައުމުގެ ޖޯޒީގައި އެ ގައުމު ރަމްޒުކޮށްދޭ ޗާޓު ޑިޒައިން ކޮށްފައިވާއިރު، ކްރައިމިއާ ވެސް ހިމެނޭ ގޮތަށް ހިމަނާފައިވާތީ އާއި ސިޔާސީ ކަމަކާ ގުޅޭ ލިޔުންކޮޅެއް ޖޯޒީގައި ހިމަނާފައިވާތީއެވެ. ކްރައިމިއާ ކުރިން އޮތީ ޔުކްރޭންގެ ބައެއްގެ ގޮތުގަ. އެކަމަކު 2014 އިން ފެށިގެން ރަޝިއާ ސިފައިން ކްރައިމިއާ އަށް އަރައި، އެ ސަރަހައްދު ވަނީ ރަޝިއާ އަމުރު ހިނގާ ތަނަކަށް ހަދައިފައެވެ.

މިއީ ބައިނަލްއަގުވާމީ މައިދާނުގައި އަދިވެސް ވަރަށް ހިތްހަމަނުޖެހުން ބޮޑުވެފައިވާ ކަމެކެވެ. ކްރައިމިއާ ހިމަނައިގެން ޖޯޒީ ޑިޒައިންކޮށް "ގްލޯރީ ޓު ދަ ހީރޯސް" މި ލިޔުންކޮޅު ބޭނުންކޮށްފައިވާތީ ފަހުން ރަޝިއާގެ ސިޔާސީ ފަރާތްތަކާއި ފުޓްބޯޅަ ސަޕޯޓަރުންގެ ހިތްހަމަނުޖެހުންތައް ބޮޑުވިއެވެ. އެންމެ ފަހުން ޔުއެފާ އިން ޔޫކްރެއިން އަށް އެންގީ ޖޯޒީން "ސިޔާސީވެފައިވާ" ކްރައިމިއާއާ ގުޅޭ އެ ބައި އުނިކުރާށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.