ޢާންމުންގެ ޒާތީ މަޢުލޫމާތު ވިއްކާ ގްރޫޕެއްގެ މައްސަލަ ބަލަން ފަށައިފި

ޢާންމުންގެ ޒާތީ މަޢުލޫމާތު ވިއްކާ ގްރޫޕެއްގެ މައްސަލަ ބަލަން ފަށައިފި

Author
މުޙައްމަދު ޖިމީ
10 ޖޫން 2021 10:08
0

ސޯޝަލް މީޑިއާގައި ފަރުދުންގެ ޒާތީ މަޢުލޫމާތު ވިއްކުމަށް މަސައްކަތްކުރަމުންދާ ގްރޫޕެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ. ޒާތީ މަޢުލޫމާތުތަކެއް ވިއްކާ މައްސަލަ ފުލުހުން ބަލަމުން އަންނަކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒްއެވެ.

ނަމަވެސް އިތުރު ތަފްސީލެއް ހާމަނުކުރައްވައެވެ.

ޒާތީ މަޢުލޫމާތު ވިއްކާ ބައެއްގެ މައްސަލަ ފުލުހުން ބަލަން ފަށާފައިވާއިރު، އެގްރޫޕުން އަންނަނީ އަންހެން ކުދިންގެ ފޮޓޯއާއި ފޯނު ނަންބަރާއި ސްނެޕްޗެޓާއި، އައިޑީކާޑުގެ މަޢުލޫމާތުފަދަ މަޢުލޫމާތުތައް ވިއްކަމުންނެވެ.

އެ ގްރޫޕްގެ މައްސަލަ ބައެއް ފަރާތްތަކުން ވަނީ ޓްވިޓާގައި ސަމާލުކަމަށް ގެނެސްފައެވެ.  އަދި އެ ގްރޫޕް ހިންގާ މީހާގެ މަޢޫލޫމާތުވެސް ވަނީ ޢާންމުވެފައެވެ.

އެ ގްރޫޕުން އަންހެންކުދިންގެ ފޮޓޯއާއެކު ފޯނު ނަންބަރާއި އެހެންވެސް ބައެއް މަޢުލޫމާތުތައް ވިއްކަނީ، އެ މަޢޫލޫމާތު ބޭނުންވާނަމަ އެކައުންޓަށ ފައިސާ ޓްރާސްފާކުރުމުންކަމަށް އަންނަނީ ބުނަމުންނެވެ. އެ ގްރޫޕްގައި 500އަށް ވުރެ ގިނަ މީހުން ތިބިކަމަށް މަޢުލޫމާތު ލިބެއެވެ.

ފުލުހުން ވަނީ އެ މައްސަލަ ބަލަން ފަށާފައިވާކަމަށް ބުނެފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.