ރާއްޖެއިން ކޯވިޑް-19އަށް އިތުރު 323 މީހުން ޕޮޒިޓިވްވެއްޖެއެވެ.
ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަނީ ދަށްވާން ފަށާފައެވެ. އެގޮތުން ފާއިތުވީ ސައުވީސް ގަޑީރުގެ ތެރޭ ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި 323 މީހުންގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 163 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 143މީހުންނާއި ރިޒޯޓްތަކުން ޕޮޒިޓިވްވި 9 މީހުންނާއި ސަފާރީތަކުން ޕޮޒިޓިވްވި 8 މީހުންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 69،536އަށް އަރާފައެވެ.
ޕޮޒިޓިވްވީ އަދަދު މަދުވުމާއި ބަލިން ރަނގަޅުވާ އަދަދު އިތުރުވުމާއެކު ބައްޔަށް ފަރުވާހޯދަމުން މިހާރުގެންދާ މީހުންގެ އަދަދު ވަނީ 14،281އަށް ދަށްވެފައެވެ. މިވަގުތު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 115މީހުންނަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 1663މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 55،055އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިދެނެގަތުމަށް 3،819ސާމްޕަލެއްވަނީ ކޯވިޑް-19އަށް ޓެސްޓުކޮށްފައެވެ.
ކޯވިޑް ބަލީގައި ރާއްޖެއިން މިއަދު ނިޔާވި 2 މީހުނާއެކު މިބަލީގައި ރާއްޖެއިން ނިޔާވީ މީހުންގެ އަދަދު ވަނީ 191އަށް އިތުރުވެފައެވެ.
ކޮމެންޓު ފޮނުވާ