އީސީގެ އެސްޖީއަކަށް ޙަސަން ޒަކަރިއްޔާ އައްޔަންކޮށްފި

އީސީގެ އެސްޖީއަކަށް ޙަސަން ޒަކަރިއްޔާ އައްޔަންކޮށްފި

Author
މުޙައްމަދު ޖިމީ
10 ޖޫން 2021 09:47
0

އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަޤާމަށް ޙަސަން ޒަކަރިއްޔާ ހަމަޖައްސައިފިއެވެ.

ޙަސަން މިހާތަނަށް ހުންނެވީ އެ ކޮމިޝަންގެ އެކްޓިން ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ، ޙަސަން ޒަކަރިއްޔާ އެކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލަކަށް މިއަދު އެކޮމިޝަނުން އައްޔަންކުރައްވާފައިވާކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު ބުނާގޮތުން، އެ ކޮމިޝަނުންގެ ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގެ ދަށުން އެކޮމިޝަންގެ އިދާރާ ހިންގާނީ ސެކްރެޓަރީ ޖެނެރަލްކަމަށެވެ. އެންމެ ފަހުން އީސީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނެވީ އެޑިޔުކޭޝަން މިނިސްޓްރީގެ މިހާރުގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު ޢަލީއެވެ.

އީސީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޙަސަން މިއަދު އައްޔަންކުރައްވާފައި މިވަނީ އެ މަޤާމު ހުސްވެފައި އޮންނަތާ 3 އަހަރު ފަހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.