ކޯވިޑް-19: 99 މީހަކު ރަނގަޅުވެ، 42 މީހަކު ޕޮޒިޓިވްވެއްޖެ

ކޯވިޑް-19: 99 މީހަކު ރަނގަޅުވެ، 42 މީހަކު ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
22 އޮކްޓޯބަރ 2020 09:59
0

ރާޢްޖެއިން އިތުރު 42މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވަނީ 42 މީހެކެވެ.

ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވާ 42 މީހުންގެ ތެރޭގައި ހިމެނެނީ 27 ދިވެހިންނާއި، 15 ބިދޭސީންނެވެ. މީގެތެރެއިން 37 މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ. ރިސޯޓްތަކުން ޕޮޒިޓިވް ވެފައިވަނީ 5 މީހުންނެވެ.

ރާއްޖެއިން މިހާތަނަށް 11،358 މީހުންނަށް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރެއިން 7،270 މީހުންނަކީ ދިވެހިންނެވެ. ބިދޭސީންގެ އަދަދަކީ 4088 އެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިއަދު އިތުރު 99 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މިއާއެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 10،383 އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހިފައިވާ މީހަކު ފުރަތަމަ ފެނިފައިވަނީ މާޗް މަހުގެ 7 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިއަދަށް 226 ދުވަސް ވެފައިވާއިރު، ރާއްޖެއިން މި ބަލީގައި މިހާތަނަށް 37 މީހަކު ވަނީ ނިޔާވެފައެވެ. ރާއްޖެއިން މިހާތަނަށް މި ބަލީގައި ނިޔާވެފައިވަނީ 30 ދިވެހިންނާއި 7 ބިދޭސީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.