ސަރުކާރު މިދާގޮތް ފެނުނީމަ ހިތައް ކުރަނީ އަމަށަކު އަސަރެއްނޫން: ދިޔާނާ

ސަރުކާރު މިދާގޮތް ފެނުނީމަ ހިތައް ކުރަނީ އަމަށަކު އަސަރެއްނޫން: ދިޔާނާ

Author
މުޙައްމަދު ޖިމީ
11 ޖޫން 2021 07:08
0

ހެޔޮ ބަދަލަކަށް އެދި އެތައް ބައެއްގެ އެތައް ޤުރުބާނީއަކުން ގެނައި ސަރުކާރު ދާގޮތް ފެނުމުން ހިތައް ކުރަނީ އަމަށަކު އަސަރެއްނޫންކަމަށް ވިދާޅުވެ، ކުރީގެ ބަންޑާރަ ނާއިބު ދިޔާނާ ސަޢީދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ދިޔާނާ ސަރުކާރަށް ފާޑުވިދާޅުވެފައިވަނީ، ޔޫތު މިނިސްޓަރ އަޙްމަދު މަޚުލޫފުގެ މައްޗަށް އެމްއެމްޕީއާރުސީގެ މައްސަލައިގައި ދައުވާކުރުމަށް ހުށަހެޅުމާއި ގުޅިގެން، އެމައްސަލައިގައި ގޮތެއް ނިންމެވުމާއި ހަމައަށް އޭނާ ސަސްޕެންޑްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމުންނެވެ. އެމްއެމްޕީއާރުސީގެ މައްސަލާގައި މީގެ ކުރިންވެސް މަޚްލޫފް މަސައްކަތްތަކުން އެކަހެރިކޮށްފައިވާއިރު، މިއީ މި މައްސަލާގައި މަޚްލޫފް އެކަހެރިކުރި ދެވަނަ ފަހަރެވެ.

ސަރުކާރަށް ފާޑުވިދާޅުވެ ސިޔާނާ ސަޢީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ ކޮން މަދަރުސާއެއްގެ އިދާރާއެއްބާއޭ ހިތަށް އަރާކަމަށެވެ. ހެޔޮ ބަދަލަކަށް އެދި އެތައް ބައެއްގެ އެތައް ޤުރުބާނީއަކުން ގެނައި ސަރުކާރު ދާގޮތް ފެނުމުން ހިތައް ކުރަނީ އަމަށަކު އަސަރެއްނޫންކަމަށްވެސް ދިޔާނާ ވިދާޅުވިއެވެ.

ސަސްޕެންޑްކޮށްފި، ސަސްޕެންޝަން އުވާލައިފި، ސަސްޕެންޑްކޮށްފި، ސަސްޕެންޝަން އުވާލައިފި…. މީ ކޮން މަދަރުސާއެއްގެ އިދާރާއެއް ބާއޭވެސް ހިތަށް އަރަން ފަށައިފި. ހެޔޮ ބަދަލަކަށް އެދި އެތައް ބައެއްގެ އެތައް ޤުރުބާނީއަކުން ގެނައި ސަރުކާރު މިދާގޮތް ފެނުނީމަ ހިތައް ކުރަނީ އަމަށަކު އަސަރެއްނޫން.

– ދިޔާނާ ސަޢީދު

އެތައް ބައެއްގެ ތާޢީދާއެކު އަދި ހެޔޮ ބަދަލަކަށް ގެނައި ސަރުކާރުގެ ސިޔާސަތަށް، ސަރުކާރު ގެނައުމަށް މަސައްކަތްކުރި ބައެއް ފަރާތްތަކުން ގެންދަނީ ފާޑުކިޔަމުންނެވެ. ޚާއްޞަކޮށް ސަރުކާރަށް ދެއަހަރާއި ބައި ވެގެންދިޔައިރުވެސް ސަރުކާރަށް ރައްޔިތުންގެ ފައިދާއަށާއި، ޤައުމުގެ ތަރައްޤީއަށް މަސައްކަތްކުރެވިފައިނުވާކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

A Abdulla Mahir
އިސްލާޙުގެ މަގު ރަނގަޅަށް ނޭގި އިސްލާޙު ވާނީ ކިހިނެތް؟ ފަސާދަ ޢާންނުކުރުން ހިތުއަޅައިގެން ނިކުމެ އިސްލާހު ކުރާވާހަކަ ދެއްކީމަ ހޭނެ! ޙެޔޮ ވެރިކަން އޮތީ ބަދަލް ނުކުރެވޭނެހެން ޤުރުއާނާއި ޙަދީސުގަ ލިޔެ ދައްކަވާފަ! މަރުވުމަކީ ދޮގެއް ނޫން ފަދައިން އަލުން އުފައްދަވައި ދުނިޔޭގަ އުޅުނު ގޮތުގެ ހިސާބު ބައްލާވާ ރައްބު މަތިވެރިވެ ވޮޑިގެންވޭ!
ގ ގޮމަކަސްތޫރި
،، މުސްކުޅި ހަރުބަހެއްގައި ބުނެއެވެ. ހިތިކަނދޫވެލެއްގެ ބުޑަށް ފެންކަމުގައި މާމުއި އެޅިޔަސް އޭގާ އަޅާާއެއްޗެއް ފޮންޏެއް ނުވާނެއެ ،، . އެމްޑީޕީ ވާނީ ހަމަ އެމްޑީޕީ އަށެވެ. އޭގާއަޅާ އެއްޗެއް ފޮންޏެއް ނުވާނެއެވެ. މިހާކަށްވަރުން މިބުނި އެއްޗެއްގެ މާނަ އެނގޭނެކަމަށް ހީކުރަމެވެ. އަހަރުމެން ފޭހި އިލޮށި މިއޮތީ އަހަރުމެންގެ ލޮލަށް ހެރިފައެވެ. މިއޮތީ ހޫނު ތެޔޮތާހަށް އަމިއްލައަށް ފުންމާލާފައެވެ.