މުއްދަތު ހަމަވެފައިވާ އައިޑީ ކާޑުތައް އޯގަސްޓް މަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ބުނެފި އެވެ.
ޑީއެންއާރުން ބުނީ ކާޑަށް މުއްދަތެއް ލައިދިނީ ކާޑު އާ ކުރަމަށް ގިނަ ދުވަސްތަކެއް ހޭދަވާތީ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ލުއި ފަސޭހަ ކޮށްދިނުމަށް ކަމަށެވެ.
ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވާ މިދަޑިވަޅުގައި ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅުން ރަނގަޅު ކަމެއްކަމުގައި ނުފެންނާތީ، އެކަން ކޮންޓްރޯލް ކުރުމުގެގޮތުން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ވަރަށް ގިނަ ބައެއްގެ ކާޑުގެ މުއްދަތު ހަމަވެ ކާޑު އާކުރަމަށް ގިނަ ދުވަސްތަކެއް ހޭދަވެ، އަދި ހިދުމަތް ހޯދުމުގައި ދަތިތަކެއް މެދުވެރިވެދާނެކަމަށް ފެންނަ ކަމަށް ޑީއެންއާރުން މިއަދު ވަނީ ބުނެފައެވެ.
އެހެންކަމުން ކާޑުގެ މުއްދަތު 31 އޯގަސްޓްގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް އެ ޑިޕާޓްމެންޓުން ބުނެއެވެ.
އަދި ރައްޔިތުންނަށް ހިދުމަތް ދޭ އެންމެހާ މުވައްސަސާ ތަކުން ހިދުމަތް ފޯރުކޮށްދިނުމުގައި އެކަމަށް ރިއާޔަތް ކުރުމަށް ޑީއެންއާރުން ވަނީ އެދިފައެވެ.
ޑީއެންއާރުން ބުނީ މާލެ ސަރަހައްދުގައި ދިރި އުޅޭ މީހުނާއި ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޑީއެންއާރްގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ކާޑު ހައްދަން ހުށަހެޅޭނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ