ސްޕެއިންގެ ދެ ކުޅުންތެރިއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވުމުން އެ ޓީމުގެ ގްރޫޕް ފަރިތަކުރުންތައް ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.
މިދިޔަ އާދިއްތަ ދުވަހު އެންމެ ފުރަތަމަ ކޯވިޑަށް ޕޮޒިޓިވްވީ ސްޕެއިން ކެޕްޓަން ސާޖިޔޯ ބުސްކްޓްއެވެ. އޭގެ ފަހުން ކުރި ޓެސްޓްތަކުން ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވީ ކޮވިޑަށް ނެގެޓިވް އެވެ. އޭގެ ފަހުން ޑިފެންޑަރު ޑިއޭގޯ ލޮރެންޓޭ ކޮވިޑަށް ޕޮޒިޓިވްވުމާ އެކު ހާލަތު އިތުރަށް ގޯސްވެދާނެތީ ސަލާމަތީ ފިޔަވަޅު ވަރުގަދަކުރަން ނިންމިއެވެ. ފުރަތަމަ ބުސްކެޓްސް ޕޮޒިޓިވްވުމުން ސްޕެއިނުން ވަނީ އެ ޓީމުގެ ހާލަތު ގޯސްވެދާނެ ކަމަށް ބަލައި ސްކޮޑަށް ކުޅުންތެރިން އިތުރުކޮށްފަ އެވެ.
ސްޕެއިނުން ވަނީ ޒުވާން ގިނަ ކުޅުންތެރިންތަކެއް ޔޫރޯ ސްކޮޑަށް އިތުރުކޮށްފަ އެވެ. މިހާރު ސްކޮޑަށް އިތުރުކުރި ކުޅުންތެރިންގެ ޖުމްލަ ވަނީ 17 އަށް އަރައިފަ އެވެ. ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ހާލަތު ގޯސްވެފައިވާތީ ޓީމުގެ ގްރޫޕް ފަރިތަކުރުންތައް މި ވަގުތަށް ހުއްޓާލައިފަ އެވެ. ކުޅުންތެރިންނަށް އަންގާފައިވަނީ އިންޑިވިޖުއަލް ޓްރެއިނިންތައް ފިޓްނަސް ކޯޗުން އަންގާ ގޮތަށް ކުރިއަށް ގެންދިއުމަށާއި ވެކްސިން ޖެހުމާއި ޓީމުގެ ހާލަތަށް ބަދަލު އައިހާ އަވަހަކަށް ގްރޫޕް ޓްރެއިނިންތައް ފަށާނެ ކަމަށެވެ
ބުސްކެޓްސް އާއި ލޮރެންޓޭއަށް ސްޕެއިނުން ޔޫރޯގައި ކުޅޭ ފުރަތަމަ މެޗުގައި ނުކުޅެވޭނެއެވެ. އެއީ ޕޮޒިޓިވްވާ ކުޅުންތެރިން 10 ދުވަހަށް އައިސޮލޭޝަނަކަށް ދިއުން ލާޒިމުކޮށްފައިވާތީ އެވެ. ޔޫރޯގައި ސްޕެއިން ކުޅޭ ފުރަތަމަ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހު ސްވިޑެންއާ ދެކޮޅަށެވެ. މި ދެޓީމު އެއްމެ ފަހުން ވާދަކުރީ 2019 ވަނަ އަހަރު މުބާރާތުގެ ކޮލިފައިންގަ އެވެ. އެ މެޗު ނިމުނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ.
މުބާރާތަށް ފަހުވެސް އަންނަ ސެޕްޓެންބަރުގައި މި ދެޓީމު ވޯލްޑްކަޕް ކޮލިފައިންގައި ވާދަކުރާނެއެވެ.
ކޮމެންޓު ފޮނުވާ