އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި، އެގައުމުގައި ބޭނުން ކުރުން މަނާކުރި ޗައިނާގެ ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ކަމުގައިވާ ޓިކްޓޮކްއާއި، އަދި ވީ ޗެޓް ބޭނުންކުރުން މަނާ ކުރުމަށް ޓްރަމްޕް ނެރުއްވާފައިވާ އެގްޒެކެޓިވް އޯޑަރ (ރިޔާސީ އަމުރު) މިހާރުގެ ރައީސް ޖޯ ބައިޑް ބާތިލް ކުރައްވައިފިއެވެ.
ޓްރަމްޕްގެ ވެރިކަމުގައި، މި ދެ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެމެރިކާގައި ބޭނުންކުރުން މަނާކުރުމަށް ޓްރަމްޕް ނެރުއްވި އަމުރު ތަންފީޒުކުރުމުގައި ގާނޫނީ އެތަކެއް ގޮންޖެހުންތަކާ ކުރިމަތިވެ، އޭރުވެސް މިއަމުރަށް ފުރިހަމަޔަށް އަމަލުކުރަން ފަށާފައި ނުވެއެވެ.
މިގޮތުން ޓްރަމްޕްގ މިއަމުރަށް އަމަލުކުރުމުގެ ބަދަލުގައި، މިހާރު ހަމަޖެހިފައިވަނީ، އެމެރިކާނޫން، ޗައިނާފަދަ އެހެން މާރްކެޓްތަކުން ޑިޒައިންކޮށް އުފައްދާފައިވާ މިފަދަ އެޕްލިކޭޝަންތައް އެމެރިކާގެ ޑިޕާރޓްމަންޓް އޮފް ކޮމާސް އިން އަލުން ބަލާ ދިރާސާ ކުރުމަށެވެ.
އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑްން ވިދާޅުވެފައިވަނީ، މިފަދަ އެޕްލިކޭޝަންތަކުން އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތްތޯ ބެލުމަށް، އޭނާ އަމަލު ކުރައްވަން ބޭނުންވަނީ، ހެކިތަކުގެ މައްޗަށް ބަރޯސާކޮށް ކަމުގައެވެ.
ޖޯބައިޑްގެ މި ނިންމުމާއި ގުޅިގެން އެއްވެސް ކޮމެންޓެއް ކުރުމަށް ޓިކްޓޮކްއިން ވަނީ ދެކޮޅު ހަދާފައެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް 2020 ވަނަ އަހަރު، ވީޑިއޯތައް ވައިރަލް ކުރުމަށް ޚާއްސަކޮށް، ޗައިނާގެ ކުންފުންޏެއްކަމުގައިވާ ބައިޓެޑެންސްއިން އުފައްދާފައިވާ މި އެޕްލިކޭޝަން އެގައުމުގައި ޑައުންލޯޑްކުރުން މަނާކުރިއެވެ.
އޭރު ޓްރަމްޕް ވިދާޅުވެފައިވަނީ މި އެޕްލިކޭޝަންއަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ހުރި ވަރަށްބޮޑު ނުރައްކަލެއް ކަމުގައެވެ.
އަދި އޭރުވަނީ އޯރެކްލް ނުވަތަ ވޯލްމާރޓްއިން މި އެޕްލިކޭޝަންތަކުގެ އެމެރިކާގައި ބޭނުންކުރެވޭ ޑާޓާތަކުގެ ކޮންޓެންޓް މޮޑެރޭޓް ކުރާގޮތަށް ޕްރޮޕޯސަލްއެއްވެސް ހުށަހެޅިފައެވެ.
އެހެންނަމަވެސް، ޓަރަމްޕްގެ މި ނިންމެވުމަށް ކުރިމަތިވެގެން ގާނޫނީ ގޮންޖެހުންތަކާ، އަދި އޭރު، ޓްރަމްޕްގެ ދައުރު ނިމެންވެސް ކުޑަ ދުވަސްކޮޅަކަށް ވެގެން ގޮސްފައިވުމާއެކު، ޓިކްޓޮކް އެމެރިކާގައި މަނާކުރުމަށްވެސް، އަދި ފަހުން ހުށަހެޅުނު ހުށަހެޅުންތަކަށްވެސް އަމަލީ ސިފައެއް އައިސްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ