ބްރޫނޯގެ ދެ ލަނޑާއެކު ޕޯޗުގަލް އިން އިޒްރޭލް ބަލިކޮށްފި

ބްރޫނޯގެ ދެ ލަނޑާއެކު ޕޯޗުގަލް އިން އިޒްރޭލް ބަލިކޮށްފި

Author
ޔޫސުފް
10 ޖޫން 2021 02:33
0

ޔޫރަޕުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔުއެފާ ޔޫރޯ އަށް ތައްޔާރުވުމުގެ ގޮތުން އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް އިން އިޒްރޭލުގެ މައްޗަށް ކުރި ހޯދައިފިއެވެ.

މިރޭ ކުޅުނު މި މެޗުގައި އިޒްރޭލުގެ މައްޗަށް ޕޯޗުގަލް ކުރިހޯދީ 0-4 ގެ ނަތީޖާއަކުންނެވެ. ޔޫރޯ އަށް ތައްޔާރުވުމުގެ ގޮތުން ޕޯޗުގަލް ކުޅުނު ފުރަތަމަ މެޗުގައި ސްޕެއިން އާއި ވާދަކޮށް ވަނީ އެއްވަރުވެފައެވެ.

އިޒްރޭލާއި ދެކޮޅަށް ކުޅުނު މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތެއް ލިބިފައެވެ. އަދި އޭގެ ފަހުންވެސް ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށް ގިނަ ހަމަލާތައްވެސް އުފެއްދީ ޕޯޗުގަލް ޓީމުންނެވެ. މެޗުގައި ޕޯޗުގަލް ޓީމަށް ލީޑު ނަގައިދިން ލަނޑު 42 ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މި މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ބްރޫނޯ ފެނާންޑޭޒް އެވެ. އަދި އޭގެ 2 މިނެޓު ފަހުން ބްރޫނޯގެ އެހީތެރިކަމާއެކު ކްރިސްޓިއާނޯ ރޯނާލްޑޯ ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ.

މި މެޗުގައި ޕޯޗުގަލް އިން ޖެހި ފަހު ދެ ލަނޑު ޖަހާފައިވަނީ މެޗުގެ އެންމެ ފަހު ފަސް މިނެޓުގެ ތެރޭގައެވެ. އެގޮތުން 86 ވަނަ މިނެޓުގައި ކަންސެލޯ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިއިރު، ހަތަރު ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭޒްއެވެ.

ހުކުރު ދުވަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޗެމްޕިއަން ޕޯޗުގަލް ލައްވާލީ އެންމެ ވަރުގަދަ ގްރޫޕް ކަމަށްވާ ގްރޫޕް އެފްގައެވެ. މި ގްރޫޕްގައި ހިމެނޭ ޤައުމުތަކަކީ ފްރާންސް، ޖަރުމަނު އަދި ހަންގޭރީއެވެ.

ޔޫރޯގައި ޕޯޗުގަލް ކުޅޭ ފުރަތަމަ މެޗުގައި ޖޫން 19 ގަައި ނުކުންނާނީ ޖަރުމަނާއި ދެކޮޅަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.