ރާއްޖެއިން ފާއިތުވި 24 ގަޑިއިރުތެރޭ ކޯވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 341 އަށް ދަށްވެއްޖެ އެވެ.
އެއްދުވަސްތެރޭ މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑުތަން މަތީގައި ހުންނަތާ މަހަކަށްވުރެ ގިނަދުވަސް ފަހުން އިއްޔެއާއި މިއަދު މިވަނީ އަދަދުތަށް 300އަށް ދައްވެފަ އެވެ.
ފާއިތުވީ ސައުވީސް ގަޑީރުގެ ތެރޭ ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި 341 މީހުންގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 160 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 153މީހުންނާއި ރިޒޯޓްތަކުން ޕޮޒިޓިވްވި 28 މީހުންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 69،213 އަށް އަރާފައެވެ.
ޕޮޒިޓިވްވީ އަދަދު މަދުވުމާއި ބަލިން ރަނގަޅުވާ އަދަދު އިތުރުވުމާއެކު ބައްޔަށް ފަރުވާހޯދަމުން މިހާރުގެންދާ މީހުންގެ އަދަދު ވަނީ 15،621 އަށް ދަށްވެފައެވެ. މިވަގުތު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 146 މީހުންނަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 2،179 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 53،392 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިދެނެގަތުމަށް 5،190 ސާމްޕަލެއްވަނީ ކޯވިޑް-19އަށް ޓެސްޓުކޮށްފައެވެ.
ކޯވިޑް ބަލީގައި ރާއްޖެއިން މިއަދު ނިޔާވި 2 މީހުނާއެކު މިބަލީގައި ރާއްޖެއިން ނިޔާވީ މީހުންގެ އަދަދު ވަނީ 191އަށް އިތުރުވެފައެވެ.
ކޮމެންޓު ފޮނުވާ