ރަސްދޫ ފެނުގެ ނިޒާމްގެ މަސައްކަތް ނިންމާލައިފި

ރަސްދޫ ފެނުގެ ނިޒާމްގެ މަސައްކަތް ނިންމާލައިފި

Author
މުޙައްމަދު ޝަޒައިމް
22 އޮކްޓޯބަރ 2020 09:04
0

އެމްޑަބްލިޔު.އެސް.ސީއިން އއ.ރަސްދޫގައި ޤާއިމްކުރަމުންދާ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ނިންމައިފިއެވެ.

އެމްޑަބްލިއުއެސްސީން ވަނީ މިއަދު މިމަސައްކަތް ކޮމިޝަން ކުރުމުގެ މަސައްކަތްވެސް ނިންމާފައެވެ. ކޮމިޝަން ކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، އާއާ އެމްޑަބްލިޔު.އެސް.ސީ އަދި ސްޓެލްކޯގެ ބޭފުޅުން އެރަށަށް ވަދައިގެން މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ. ކޮމިޝަން ކުރުމުގެ މަސައްކަތް މިއަދު ވަނީ ނިންމާފައެވެ.

ރަސްދޫގެ ފެނުގެ ނިޒާމުގެ މަޝްރޫޢަކީ 30 މިލިއަން ރުފިޔާއަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްގެން ކުރިޔަށް ގެންދެވުނު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ރަސްދޫގެ ފެނުގެ ނިޒާމް ޑިޒައިންކޮށް، ރަށުގައި 6,288 މީޓަރގެ ދިގު ފެން ފޮޅީގެ މައި ނެޓްވޯރކް އެއް އަޅައި އަދި ރަށުގެ 297 ގެއެއްގައި ފެން މީޓަރު ބަހައްޓައި، މިގެތަކަށް ފެނުގެ ކަނެކްޝަން ވަނީ ގުޅާދީފައެވެ.

މީގެ އިތުރުން، އާރ.އޯ ފެސިލިޓީ ބިލްޑިންގ އެއް ޤާއިމްކޮށް، ފެން އުފެއްދުމަށްޓަކައި 2 އާރު އޯ ޕްލާންޓް އާއި، ފެން ރައްކާކުރުމަށްޓަކައި 263 ޓަނުގެ 2 ތާންގީ އާއި އަދި ވާރޭފެން ސާފުކުރުމަށްޓަކައި އަލްޓްރާ ފިލްޓްރޭޝަން ނިޒާމަކާއި، ވާރޭފެން ރައްކާކުރުމަށްޓަކައި 703 ޓަނުގެ 1 ތާންގީ ވަނީ ބެހެއްޓިފައެވެ. އަދި ފެން ތަހުލީލް ކުރުމަށް ބޭނުންވާ .ލެބޯޓްރީ އަލާތްތަކާއި ސާމާނުތައްވެސް މި މަޝްރޫޢުގެ ދަށުން ފޯރުކޮށްދެވޭނެއެވެ މިމަޝްރޫޢުގެ މަސައްކަތް ނިމުމުން އައިރަސްދޫގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.