ދިރާސީ އަހަރު ނިމެންދެން މާލެ ސަރަހައްދުގައި އޮންލައިންކޮށް ކިޔަވައިދޭން ނިންމައިފި

ދިރާސީ އަހަރު ނިމެންދެން މާލެ ސަރަހައްދުގައި އޮންލައިންކޮށް ކިޔަވައިދޭން ނިންމައިފި

Author
ޢަލީ އާދަމް
09 ޖޫން 2021 05:45
0

މިހިނގާ ދިރާސީ އަހަރު ނިމެންދެން މާލެ ސަރަހައްދުގައި ކިޔަވައިދިނުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ދެންމެ ކުރި އިއުލާނެއްގައި ބުނީ މިގޮތަށް ނިންމާފައި ވަނީ ކޯވިޑް 19ގެ މިހާރުގެ ހާލަތަށް ބަލައި އެޗްޕީއޭގެ ލަފާގެ މަތިންކަމަށެވެ.

މިހާރު ކަނޑައަޅާފައި ވާގޮތުން މިއަހަރުގެ ދިރާސީ އަހަރު ނިމޭނީ މިމަހުގެ 24 ވާ ބުރާސްފަތި ދުވަހު އެވެ. އަދި ދިރާސީ އައު އަހަރު ދެން ފެށުމަށް އެކެޑެމިކް ކަލަންޑަރުގައި ވަނީ ގޯގަސްޓް މަހުގެ 10 ވަނަ ދުވަހު އެވެ.

މީގެ ކުރިން ދިރާސީ އައު އަހަރު ފަށަނީ ކޮންމެ މީލާދީ އައު އަހަރެއް ފެށުމުން ޖެނުއަރީ މަހުއެވެ. ނަމަވެސް ކޯވިޑް-19އާއި ގުޅިގެން އޯލެވެލް އިމްތިހާން ފަސްކުރެވި އަދި ކުދިންގެ ކިޔެވުމަށް ބޮޑު އަސަރެއް ކުރުމާއި ގުޅިގެން މިއަހަރުން ފެށިގެން ދިރާސީ އައު އަހަރު ކޮންމެ އަހަރެއްގެ އޯގަސްޓް މަހަށް ވަނީ ބަދަލުކޮށްފަ އެވެ. މި ބަދަލާއިއެކު ކޮންމެ އަހަރެއްގެ ޖެނުއަރީގައި ފެށޭނީ ދިރާސީ އަހަރުގެ ދެވަނަ ޓާމެވެ.

ކޯވިޑް-19ގެ ބަލިމަޑުކަން ރާއްޖޭގައި ފެތުރެން ފެށިފަހުން، ހާއްސަކޮށް މާލެ ސަރަހައްދުގައި ދަރިވަރުން މައިގަނޑު ގޮތެއްގައި ކިޔަވަމުން ގެންދިޔައީ ގޭގައި ތިބެގެން އޮންލައިންކޮށެވެ. މީގެ އިތުރުން ދަރިވަރުންނަށް ހާއްސަކޮށްގެން ޓީވީ މެދުވެރިކޮށް ޓެލެކްލާސް ތަކެއްވެސް ކުރިއަށްގެންގޮސްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.