ޕޯސްޓްގެ ޒަރީއާއިން ރާއްޖެ އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ޕޯސްޓްގެ ޒަރީއާއިން ތަފާތު ބާރަ ފަހަރުމަތީން ރާއްޖެއަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފިއެވެ. މި ތަކެތި އަތުލައިގެން ފައިވަނީ 28 ޖޫން 2020 އިން 13 އޮކްޓޯބަރ 2020 ދުވަހުގެ ނިޔަލަށް ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައިކަމަށް ކަސްޓަމްސް އިން ވިދާޅުވެއެވެ.
ޕޯސްޓްގެ ޒަރީއާއިން ރާއްޖެ އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި. pic.twitter.com/8eEnxr4JcK
— Maldives Customs (@CustomsMv) October 22, 2020
މިތަކެތީގެ ބަރުދަނުގައި ޖުމްލަ 503 ގްރާމް ހުރިއިރު، މަގުމަތީ އަގު ގާތްގަނޑަކަށް 1،475،800 (އެއްމިލިޔަން ހަތަރުލައްކަ ހަތްދިހަ ފަސްހާސް އަށްސަތޭކަ) ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ. އަތުލައިގަތް މަސްތުވާތަކެއްޗާއިއެކު މިމައްސަލަ އިތުރަށް ތަހުގީގްކުރުން ކަސްޓަމްސްއިން ވަނީ ފުލުހުންނާއި ހަވާލުކޮށްފައެވެ.
ކޮމެންޓު ފޮނުވާ