ހިމޭޝްގެ އާ އަލްބަމް "ސުރޫރް 2021″ގެ ޓައިޓަލް ޓްރެކް މާދަމާ ރިލީޒްކުރަނީ!

ހިމޭޝްގެ އާ އަލްބަމް "ސުރޫރް 2021″ގެ ޓައިޓަލް ޓްރެކް މާދަމާ ރިލީޒްކުރަނީ!

Author
ފާތިމަތު ނާވީ
10 ޖޫން 2021 02:39
0

ބޮލީވުޑްގެ ކާމިޔާބު މިއުޒިކް ކޮމްޕޯސަރ އަދި ލަވަކިއުންތެރިޔާ ހިމޭޝް ރޭޝަމިއްޔާ އޭނާގެ އާ އަލްބަމް "ސުރޫރް 2021″ ރިލީޒްކުރުމަށް ތައްޔާރު ވަމުންދާއިރު އޭނާ ވަނީ މި އަލްބަމްގެ 2 ޕޯސްޓަރަކާއި 2 މޯޝަލް ޕޯސްޓަރ ތީޒާއެއް ދައްކާލާފައެވެ. ހިމޭޝްގެ މި އަލްބަމާއި އެކުގައި އޭނާގެ މިއުޒިކް ލޭބަލް "ހިމޭޝް ރޭޝަމިއްޔާ މެލޮޑީސް" ވެސް ލޯންޗްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އަލްބަމުގެ ޓައިޓަލް ޓްރެކް މާދަމާ ރިލީޒްކުރުމަށް ވަނީ ހަމަޖެހިފައެވެ.

 

View this post on Instagram

 

A post shared by Himesh Reshammiya (@realhimesh)

މީޑިއާ ރިޕޯޓުތަކުން ބުނާގޮތުގައި ހިމޭޝްގެ އެންމެ ފުރަތަމަ ސްޓޫޑިއޯ އަލްބަމް " އާޕްކާ ސުރޫރް"ގެ 55 މިލިއަން ކޮޕީ ވަނީ ވިކިފައެވެ. އަދި މިއާއެކު މި އަލަބަމް ވެގެން ދިޔައީ ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން ވިކުނު ލަވަ އަލްބަމަށެވެ. މި ލިސްޓުގެ އެއްވަނީގައިވަނީ 65 މިލިއަން ކޮޕީސްއާއި އެކުގައި މައިކަލް ޖެކްސަންގެ ތްރިލާ އަލްބަމެވެ.

ހިމޭޝްގެ ކުރީގެ އަލްބަމް ރިލީސްކޮށްފައިވަނީ ދިޕީކާ ޕަޑްކޯންއާއި އެކުަގައެވެ. އެހެންކަމުން މި ފަހަރު ބެލުންތެިން އެންމެ ބަލަން ބޭނުންވަނީ މި އަލްބަމް އިން ފެނިގެންދާނީ ކޮން ތަރިއެއްތޯއެވެ. މިކަމާއި ބެހޭގޮތުން އަދި އެއްވެސް ޚަބަރެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

 

View this post on Instagram

 

A post shared by Himesh Reshammiya (@realhimesh)

ހިމޭޝް މިހާރު ކުރަމުންދާ މަސައްކަތަކީ އިންޑިއަން އައިޑަލް ސީޒަން 12ގެ މަސައްކަތެވެ. މި ސީޒަންގައި ނޭހާ ކައްކަރާއި އަނޫމާލިކާއެކު ހިމޭޝް އަކީވެސް ޝޯވގެ ޖަޖެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.