ވެރިކަމަށް އައުމަށްޓަކައި މިހާރު ވެރިކަން ހިންގާ ކޯލިޝަނުން ވެފައިވާ އެއްބަސްވުމާއިމެދު ކޯލިޝަން ތެރޭގައި ސުވާލު އުފައްދަން ފައްޓައިފިއެވެ.
ކޯލިޝަންގައި ހިމެނޭ ދެވަނަ އަށް އެންމެބޮޑު ޕާޓީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެ މަޤާމަށް އައްޔަން ކުރާނީ ޖުމްހޫރީ ޕާޓީގެ ބޭފުޅެއްކަމަށް މިސަރުކާރުގެ ގިނަ ބޭފުޅުންނާއި، އާންމު ގިނަ ރައްޔިތުންވެސް ތިބީ ޤަބޫލުކޮށްގެނެވެ. ހެލްތު މިނިސްޓަރުގެ މަޤާމަށް ނަސީމް އައްޔަން ކުރުމާއި ހަމައަށް މި މަޤާމަށް އައްޔަން ކުރާނީ ޖޭޕީގެ ބޭފުޅެއްކަމަށް ކޯލިޝަންގެ ގިނަ ޕާޓީތަކުންވެސް ތިބ ޤަބޫލުކޮށްނެވެ.
ވެރިކަމަށް އައުމަށް މިސަރުކާރުން ވެފައިވާ އެއްބަސްވުމުގައި ވާގޮތުން ވަކި އަދަދަކަށް ޖުމްހޫރީ ޕާޓީއަށާއި އެހެން ޕާޓީޓަކަށް ކެބިނެޓުން ޖާގަދޭން ޖެހެއެވެ. މިހާތަނަށް ރައީސް ޞާލިހު ގެންދެވީ އެވައުދު ރަނުން ރަނަށް ފުއްދަވަމުންނެވެ. ނަމަވެސް މިއަދު ކަންކަން ވެގެން މިދިޔަގޮތުން އެވައުދާއިމެދު ގިނަބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.
ޚާއްސަކޮށް ކޯލިޝަންގެ ދެވަނަ އަށް އެންމެބޮޑު ޕާޓީ ޖުމްހޫރީ ޕާޓީގެ އިސްބޭފުޅުން ދަނީ ފާޅުކަންބޮޑު ގޮތެއްގައި މިކަމަށް ފާޑުވިދާޅުވަމުންނެވެ. އަދި ކޯލިޝަނެއް އޮތްކަމާއިމެދު ސުވާލު އުފައްދަވަމުންނެވެ. ޖުމްހޫރީ ޕާޓީގެ ނައިބް ރައީސް އަހުމަދު ސައުދުވެސް ވަނީ ކޯލިޝަންއާއި މެދު ސުވާލު އުފައްދަވައި ޓްވީޓެއް ކުރައްވާފައެވެ.
Coalition??????
— Ahmed Saud (@ammadaysaud) October 22, 2020
ޖުމްހޫރީ ޕާޓީގެ ސްލޮޓަކަށް އެޕާޓީގެ ވެރިންނަށާއި، ޕާޓީގެ ލީޑަރަށް ނޭގި އެމްޑީޕީ މެމްބަރަކު އައްޔަން ކުރުމުން ކޯލިޝަން ތެރޭގައިވަނީ ނުތަނަވަސްކަން އުފެދިފައެވެ. އަދި މިއީ ވެރިކަމަށް އައުމަށް އެއްބަސްވީ ކޯލިޝަންގެ ނިމިފައިވާކަމުގެ ފެށުންކަމުގައި ބައެއް ފަރާތްތަކުން ދަނީ ސޯޝަލް މީޑިޔާގައި ވިދާޅުވަމުންނެވެ.
ކޮމެންޓު ފޮނުވާ