މިއީ ޝާހްރުކެއް ނޫން، އިބްރާހިމް!

މިއީ ޝާހްރުކެއް ނޫން، އިބްރާހިމް!

Author
ފާތިމަތު ނާވީ
10 ޖޫން 2021 05:11
0

އެމީހަކާއި އެއް ވައްތަރު ގެ އިތުރު 7 މީހަކު އުޅޭކަމަށް ބުނެއުޅެއެވެ. މީގެ ކުރިންވެސް ވަނީ ފިލްމީ ތަރިންނާ ވައްތަރު މީހުން ފެނިފަ އެވެ. ނަމަވެސް މިހާރު ސޯޝަލް މީޑިއާގައި ވައިރަލް ވެގެން އުޅޭ ޝާހްރުކް ޚާނާއި ވައްތަރު މީހާ އަކީ ގިނަ ބަޔަކަށް އޮޅުން އަރާވަރަށް ވައްތަރު މީހެކެވެ.

 

View this post on Instagram

 

A post shared by Ibrahim qadri (@ibrahim__qadri)

އިބްރާހިމް ގާދިރު ނަމަކަށް ކިޔާ މި މީހާ ދަނީ އިންސްޓަގްރާމުގައި އޭނާގެ ޖާދޫ ދައްކަމުންނެވެ. ޝާހުރުކާއި ވައްތަރު މިމިހާ ވަނީ ޝާހު އަޅާ ގޮތަށް ހެދުން އަޅައި އެ ޕޯސްތަކަށް ހުއްޓި ހުރި ފޮޓޯތަށް ޝެއާކޮށްފަ އެވެ. އަދި ހަމަ އެހެންމެ އޭނާގެ ފޮލޯވާރުން ދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ.

 

View this post on Instagram

 

A post shared by Ibrahim qadri (@ibrahim__qadri)

އިބްރާހިމް ވަނީ ޝާހްރުކް ގެ ބައެއް ލަވަތަކަށް އެކްޓްވެސް ކޮށްފަ އެވެ. މީގެ ކުރިން ވެސް ތަރިންނާ އެއްވައްތަރު މީހުންފެނި އެމީހުން ވަނީ ވަރަށް ބޮޑަށް މަޝްހުރު ވެގެން ގޮސްފަ އެވެ. އެގޮތުން ސުޝާންތު ސިންގް ރާޖްޕުތާއި ވައްތަރު މީހަކު ފެނި އެމީހާ ލައްވާ ފިލްމެއް ކުޅުވަށް އުޅުން ކަމުގެ އަޑުތަކެއް ވެސް މި ދޭތެރެއަކުން އެރިއެވެ.

 

View this post on Instagram

 

A post shared by Ibrahim qadri (@ibrahim__qadri)

އިބްރާހިމް ގާދިރުގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު މިހާރު 60 ހާހަށްވުރެ މަތީގައި ހުރި އިރު އޭނާ އިންސްޓަގްރާމުން ފޮލޯކުރަމުން ގެންދަނީ ޝާހްކުރްގެ އޮފިޝަލް އެކައުންޓް އެކަންޏެވެ.

 

View this post on Instagram

 

A post shared by Ibrahim qadri (@ibrahim__qadri)

ފިލްމީ މަސައްކަތަށް ބަލާއިރު ޝާހްރުކް ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ފިލްމު "ޕަތަން" އިން ދީޕިކާ ޕަޑްކޯން އަދި ޖޯން އަބްރަހަމާ އެކުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.