ބެލަރޫސިއަން އެއަރލައިން ބެލާވިއާއިން ދަނީ ޔޫރަޕްގެ 20 ގައުމަކަށް ދަތުރު ކުރަމުން

ބެލަރޫސްގެ ފްލައިޓްތަކަށް، އީޔޫގެ ވައިގެ ސަރަހައްދު ބޭނުން ކުރުން މަނާކޮށްފި

ބެލަރޫސްގެ ފްލައިޓްތަކަށް، އީޔޫގެ ވައިގެ ސަރަހައްދު ބޭނުން ކުރުން މަނާކޮށްފި

ފާއިތުވެދިޔަ މަހު، ރިޔާންއެއަރގެ ފްލައިޓެއް އުދުހެމުން ދަނިކޮށް، އަބުރާ ބެލްރޫސްގެ ވެރިރަށް މިންސްކަށް ގެނެސް، އެ ފްލައިޓުން ހައްޔަރު ކުރި ބެލަރޫސްގެ އިދިކޮޅު އެކްޓިވިސްޓް ރޯމަން ޕްރޮޓަސެވިކް، ހައްޔަރުކުރި މައްސަލާގައި، ބެލްރޫސްގެ އެއްވެސް މަތިދާ ބޯޓަކަށް ޔޫރަޕްގެ ވައިގެ ސަރަހައްދާއި އަދި ޔޫރަޕްގެ އެއްވެސް ގައުމެއްގެ އެއަރޕޯޓެއް ބޭނުންކުުރުން ޔޫރަޕިއަން އިއްތިހާދުން މަނާ ކޮށްފިއެވެ.

އަދި މީގެއިތުރުން، ޔޫރަޕިއަން އިއްތިހާދުންވަނީ، އެ އިއްތިހާދުގެ ގައުމުތަކުގެ އެއާރލައިންތަކުން ބެލަރޫސްގެ ވައިގެ ސަރަހައްދު އުދުހުމަށް ބޭނުން ނުކުރުމަށް ބާރުއަޅާ ކަމަށްވެސް ބުނެފައެވެ.

ޔޫރަޕްގެ އިއްތިހާދަށް ނިސްބަތްވާ ގައުމުތަކުން ބެލަރޫސްއަށް ހިންހަމަ ނުޖެހުން ފާޅުކުރަމުންދަނީ، ފާއިތުވެދިޔަ އެޕްރިލްމަހު، އުދުހެމުންދި ރިޔާންއެއަރގެ މަތިންދާ ބޯޓެއްގައި ބޮމެއް އޮތްކަމުގެ ދޮގު މައުލޫމާތު ފަލައިޓްގެ ކެޕްޓަނަށް ދީ، އަދި ބެލަރޫސްގެ ފައިޓަރ ޖެޓެއްގެ އެހީގައި، ފްލައިޓުގެ ބެލަރޫސްގެ ވެރިރަށް މިންސްއަށް ޖެއްސުމަށް މަޖުބޫރު ކުރުމާއި ގުޅިގެންނެވެ.

ފާއިތުވެދިޔަ މަހު، ރިޔާން ފްލައިޓުގައި، ބެލަރޫސްގެ އިދިކޮޅު އެކްޓިވިއްޓެއް ކަމުގައިވާ، ޕްރޮޓަސެވިކް، ގްރީސްއިން ލިތުއޭނިއާއަށް ދަތުރު ކުރަމުން ދަނިކޮށް އޭނާ ހައްޔަރު ކޮށްފައިވަނީ، ބެލަރޫސްގެ ފައިޓަރ ޖެޓުތަކުން އެ ފްލައިޓަށް ހުރަސްއަޅާ، ފްލައިޓުގައި ބޮމެއް އޮތް ކަމަށް ފްލައިޓުގެ ޕައިލެޓަށް މައުލޫމާތު ދިނުމާއިގުޅިގެން، ފައިޓަރ ޖެޓެއްގެ އެހީގައި، ދަތުރުގެ މިސްރާބު ކުއްލިއަކަށް ބަދަލުކޮށް، ބެލްރޫސްގެ ވެރިރަށް މިސްންކްގެ އެއަރޕޯޓުގައި ޖެއްސުމާއެކުއެވެ.

މި ފްލައިޓް މިނސްކުގައި ޖެއްސުމާއެކު، މި ފްލައިޓްގައި ދަތުރުކުރަމުން ދިޔަ، ޕްރޮޓަސެވިކްއާއި އޭނާގެ ލޯބިވެރިޔާ، ބެލަރޫސްގެ ސަލާމަތީ ބާރުތަކުން ވަނީ ހައްޔަރު ކޮށްފައެވެ.

އަދި ފާއިތުވެދިޔަ ހަފްތާގެ ހުކުރު ދުވަހު، އިދިކޮޅު އެކްޓިވިސްޓް ރޯމަން ޕްރޮޓަސެވިކް ވަނީ އެގައުމުގެ ދައުލަތުގެ މީޑިއާގައި ކުށަށް އިއުތިރާފްވެ، ބެލަރޫސްގެ ރައީސް އެލެގްޒެންޑްރާ ލުކަޝަންކޯއަށް ތައުރީފު ކޮށްފިއެވެ.

އީޔޫގެ ވައިގެ ސަރަހައްދު، ބެލަރޫސްގެ ފްލައިޓްތަކަށް ބޭނުންކުރުން މަނާކުރުމަށް އީޔޫއިން ނިންމި ނިންމުމަކީ، ބެލެރޫސްއާއި ދެކޮޅަށް އެޅުމަށް އެ އިއްތިހާދުން ނިންމާފައިވާ ފިޔަވަޅުތަކުގެ އެއްބައެވެ. ބެލަރޫސްގެ ފްލައިޓްތަކާ ދެކޮޅަށް އަޅާފައިވާ މި ފިޔަވަޅުތަކަށް އަމަލުންކުރަން، ހުކުރު ދުވަހުގެ ރޭގެ، އިގިރޭސިވިލާތުގެ ގަޑިން 11:00 އިންފެށިގެންވަނީ ތަންފީޒު ކުރަން ފަށާފައެވެ.

ބެލަރޫސްގެ ގައުމީ އެއަރލައިން ބެލާވިއާއަކީ، ޔޫރަޕްގެ 20 ގައުމަކަށް ދަތުރު ކުރަމުންދާ އެއަރލައިންއެކެވެ. މީގެތެރޭގައި ޔޫރަޕްގެ އެންމެ މުހިންމު ސިޓީތައް ކަމުގައިވާ މިލާން، ބާރލިން، ޕެރިސް، ރޯމް އަދި ވިއެނާ ހިމެނެއެވެ.

ދަ ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީ (EASA)އިންވެސް ވަނީ، އީޔޫގެ އެއަރކްރާފްޓް ތަކަށް، ބެލަރޫސްގެ ވައިގެ ސަރަހައްދު ބޭނުން ނުކުރުމަށް، އަންގާ އިރުޝާދު ދީފައެވެ.

ޔޫރަޕިއަން އެއަރ ޓްރެފިކް ކޮންޓްރޯލް އޭޖެންސީ، "ޔޫރޯކޮންޓްރޯލް"އިން ބުނެފައިވަނީ، އީޔޫގެ މި ނިންމުމުގެ ސަބަބުން، ބެލަރޫސްގެ ވައިގެ ސަރަހައްދު ބޭނުންކޮށް ކޮންމެ ދުވަހަކުވެސް އުދުހެމުންދާ 400 އެއްހާ ފްލައިޓަށް މީގެ އަސަރު ކުރާނެ ކަމަށެވެ.

އިޔޫގެ މި ފިޔަވަޅުތަކުގެ ކުރިންވެސް، ސަލާމަތީ ސަބަބުތަކަށްޓަކާ، އުދުހުމަށް ބެލަރޫސްގެ ވައިގެ ސަރަހައްދު ބޭނުން ނުކުރާނެކަން ބައެއް އެއަރލައިންތަކުން ވަނީ ބުނެފައެވެ. މީގެ ތެރޭގައި، ލުފްތަންސާއާއި އެއަރ ފްރާންސް ހިމެނެއެވެ.

2020ވަނަ އަހަރުގެ އޮގަސްޓުމަހުގެ 20 ވަނަ ދުވަހު ބެލަރޫސްގައި ބޭއްވުނު ރިޔާސީ އިންތިޚާބު، ދިގު ޒަމާންތަކެއް ވަންދެން އެގައުމުގައި ވެރިކަން ކުރަމުންދާ އެލެގްޒެންޑަރ ލުކަޝަންކޯ ކާމިޔާބު ކޮށްފައިވަނި، މަކަރު ހަދާ އޮޅުވާލައިގެން ކަމަށްބުނެ، އެއަށްފަހު އެގައުމުގެ އެތައް ހާސް ބަޔަކުވަނީ މަގުތަކަށް ނުކުމުގެ ސަރުކާރާ ދެކޮޅަށް މުޒާހިރާ ކޮށްފައެވެ. މި މުޒާހިރާތަށް ހުއްޓުވުމަށް ބެލަރޫސްއިންވަނީ، ބާރުގެ ބޭނުންކޮށް، އިދިކޮޅު އެތަކެއް އެކްޓިވިސްޓުންނެއް ހައްޔަރުވެސް ކޮށްފައެވެ.

އަދި އެއަށްފަހު، ބެލަރޫސްގެ އިދިކޮޅު ގިނަ ލީޑަރުން ދިރިއުޅެމުންދަނީ ގައުމުން ބޭރުގައެވެ.

ފާއިތުވި އަހަރުގެ އޮގްސްޓުކަމަހު ބޭއްވުނު ބެލަރޫސްގެ އާންމު އިންތިޚާބަސްފަހު، އުމުރުންމ 66 އަހަރުގެ އެލެގްޒެންޑާ ލުކަޝެންކޯ ވަނީ އިތުރު ދައުރަކަށް އިންތިޚާބު ވެވަޑައިގެންފައެވެ. އޭނާ ގެންދަވަނީ ބެލަރޫސްގައި 1994 ވަނައަަހަރުން ފެށިގެން ވެރިކަން ކުރައްވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *