ޓަރަމްޕަށް ފޭސްބިކް ބޭނުން ނުކުރެވޭގޮތަށް އޮންނަ އޮތުން ދެމެހެއްޓުމަށް އެ ޕްލެޓްފޯމުން ވަނީ ނިންމާފަ

ފުރުސަތު ހަނިކޮށް، ސިޔާސީ މީހުންނަށް ފޭސްބުކުން އާ އުސޫލުތަކެއް ހަމަޖައްސަނީ

ފުރުސަތު ހަނިކޮށް، ސިޔާސީ މީހުންނަށް ފޭސްބުކުން އާ އުސޫލުތަކެއް ހަމަޖައްސަނީ

ސޯޝަލް މީޑިއާ ޕްލެޓްފޯމް، ފޭސްބުކް ބޭނުންކުރާ ދުނިޔޭގެ ލީޑަރުންނަށް، އެ ޕްލެޓްފޯމުގައި ޕޯސްޓް ކުރެވޭނެ މިންވަރު ހަނިކޮށް، ސިޔާސީ މީހުންނަށް އާ އުސޫލުތަކެއް އާންމު ކުރުމަށް ފޭސްބުކްއިން ތައްޔާރު ވެއްޖެއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ސިޔާސީ މީހުންނަށް އެ ޕްލެޓްފޯމުގައި ލިބިފައި އޮންނަ މިނިވަންކަން ހަނިކުރުމަށް ފޭސްބުކްއިން ނިންމާފައިވަނީ، ފާއިތުވި ޖެނުއަރީމަހު، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސަސްޕެންޑް ކުރުމަށް ފޭސްބުކުންއިން ނިންމުމަށްފަހުއެވެ.

ފާއިތުވެދިޔަ ތަނުގައި، ސިޔާސީ ފަރާތްތަކުން ފޭސްބުކުގައި ފާޅުކުރާ ޚިޔާލުތަކަށް ޚާއްސަކަމެއް އެ ޕްލެޓްފޯމުގައި ދީފައި އޮވެއެވެ. ސަބަބަކީ، ފޭސްބުކްއިން މިހާތަނަށް ބަލަމުން އައިސްފައިވަނީ، އެ ޕްލެޓްފޯމުގައި ސިޔާސީ ލީޑަރުން ޝާޢިއުކުރާ ހުރިހާ ޕޯސްޓް ތަކަކީވެސް، މުހިންމު ޚަބަރެއްގެ ގޮތުގައި ދެކި، އަދި އެއީ އެކި ކަންކަމާ ގުޅޭގޮތުން އާންމުންގެ ތެރޭގައި ކުރެވޭ ބަހުސެއްގެ ބައެއްކަމަށްވެސް ބަލައިގެންނެވެ.

އަދި އޭގެ ނަތީޖާއެއްގެ ގޮތުން، ފޭސްބުކުން މިހާތަނަށް، ސިޔާސީ މީހުން މިގޮތުން ފާޅުކުރާ ޚިޔާލުތަކަށް ނުވަތަ، އާންމު ކުރާ ޕޯސްޓުތަކަށް، އެ ޕްލެޓްފޯމުގެ އާންމު އުސޫލުތަކުގެ ތެރެއަށް ފައްތާފައެއް ނުވެއެވެ.

އެހެންނަމަވެސް، މިއަށްފަހުގެ، ދުނިޔޭގެ ސިޔާސީ ލީޑަރުން އާންމުކުރާ ޕޯސްޓުތަކަކީ، ޚަބަރު ފެތުރުމުގެ ގޮތުން އާންމުކުރާ ޕޯސްޓުތަކެއްގެ ގޮތުގައި ނުބެލުމަށް ފޭސްބުކުއިން ނިންމާފައި ވާކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

އެހެންނަމަވެސް، ސިޔާސީ މީހުން ފޭސްބުކް ޕްލެޓް ފޯމުގައި ޝާއިއުކުރާ ޕޯސްޓަތަކަކީ ޚާއްސަ ޚަބަރުތަކުގައި ގޮތުގައި ދެކި، ލިބިދީފައި އޮންނަ ޚާއްސަކަން މުޅިން އެކީ ނައްތާލުމަށް ފޭސްބުކުއިން ނިންމާފައި ނުވާކަމަށް ވެއެވެ. އަދި، ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ސިޔާސީ ލީޑަރުން އެ ޕްލެޓްފޯމުގައި ފާޅުކުރާ ޚިޔާލުތަކަަކީ ޚާއްސަ ޚަބަރުތަކުގެ ގޮތުން އަދިވެސް ބަލަމުންދާ ގޮތަށް ހަމަޖެހިފައިވާ އިރު، މިގޮތުން ގެނައި މުހިންމު ބަދަލެއްގެ ގޮތުގައި ފާހަގަ ވެފައިވަނީ، ސިޔާސީ ލީޑަރަކު ޝާޢިއުކުރާ ޕޯސްޓަކީ ޚާއްސަ ޚަބަރެއްގެ ގޮތުގައި ފޭސްބުއިން ބަލައިގެންފައި ވަނީ ކޮންއިރަަކުންކަން ސާފުކޮށް އެގެން އޮތުމެވެ.

އަދި މީގެ އިތުރުން، ދުނިޔޭގެ ލީޑަރުންނާއި އަދި އެނޫން ސިޔާސީ ފަރާތްތަކުގެ ތެރެއިންވެސް، ނަފްރަތު އުފެއްދުމާއި، އަދި ހަމަނުޖެހުމަށް ހިތްވަރުދޭ ސިޔާސީ ފަރާތްތައް އެ ޕްލެޓްފޯމުން ސަސްޕެންޑު ކުރާނެ މުޅިން އާސިސްޓަމެއްވެސް ތައާރަފްކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެހެންނަމަވެސް، ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވާ، ސިޔާމީހުން އެ ޕްލެޓްފޯމުގައި ދައްކާ ވާހަކަތަކުގެ ތެދު ދޮގު ސީދާ އެޕްލެޓް ފޯމުން ނުބަލާގޮތަށް ނިންމާފައިވާ ނިންމުމަށް އަދިވެސް ބަދަލު ގެނައުމަށް ހަމަޖެހިފައި ނުވާކަމަށްވެސް، ބައެއް ފަރާތްތަކުން މީޑިއާތަކަށް މައުލޫމާތު ދީފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފޭސްބުކްއިން އާންމުކުރާ މިއުސޫލުތައް މި ހުކުރުދުވަހު އާންމު ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

ފޭސްބުކްއިން ސިޔާސީ މީހުންނަށް އަމާޒުކޮށް އާ އުސޫލުތަކެއް ތަޢާރަފް ކުރުމަށް ނިންމާފައި މިވަނީ، އެ ޕްލެޓްފޯމުގެ އޯވަރ ސައިޓް ބޯޑުން، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސަސްޕެންޑު ކުރުމަށް އެ ޕްލެޓްފޯމުން ނިންމާފައިވާ ނިންމުން އަލުން މުރާޖައާ ކޮށްފައި ވަނިކޮށެވެ.

އެބޯޑުން ނިންމާފައިވަނީ، ފޭސްބުކްއިން ޓްރަމްޕާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅަކީ ވަރަށް ދޯދިޔާކޮށް އަޅާފައިވާ ފިޔަވަޅެއް ކަމުގައެވެ. އަދި ވަނީ، ސިޔާސީ މީހުންގެ ޕޯސްޓުތަކާ ދޭތެރޭ އަމަލުކުރާނެ ގޮތް ސާފުކޮށް ބަޔާންވެފައި އޮންނަން ޖެހޭނެކަމަށްވެސް ބުނެފައެވެ.

އަދި މި ބޯޑުން ވަނީ، މިއަހަރުގެ ނޮވެމްބަރުގެ ކުރިން، ޓްރަމްޕްގެ ސަސްޕެންޝަނާއި ގުޅޭގޮތުން އެ ޕްލެޓްފޯމުން އަލުން ގޮތެއް ނިންމަންޖެހޭނެ ކަމަށެވެސް ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *