ރޭ ކުޅުނު ބައިނަލް އަގުވާމީ އެކުވެރިކަމުގެ މެޗުތަކުން އަޔަލެންޑާއި ޔުކްރެއިން މޮޅުވެއްޖެ އެވެ.
ރަށުންބޭރުގައި އަޔަލެންޑް މޮޅުވީ އެންޑޯރާ އަތުން 4-1 ލަނޑުންނެވެ. މެޗުގެ ދެވަނަ ހާފްގައި ލަނޑުތައް ފެނިގެންދިޔައިރު އެންޑޯރާ އިން ލަނޑެއް ޖަހައިފަވަނިކޮށް އަޔަލެންޑަށް ނަތީޖާ ހަމަހަމަކޮށްދިނީ ޕަރޮޓްއެވެ. އޭނާ އިތުރު ލަނޑެއް ޖަހާ އަޔަލެންޑަށް ލީޑު ނަގައި ދީފަވަނިކޮށް ލީޑް އިތުރަށް ފުޅާކޮށްދިނީ ނައިޓް އަދި ހޯގަންގެ ލަނޑުތަކުންއެވެ.
މިމޮޅާއެކު 11 މެޗުން އަޔަލެންޑް މޮޅެއް ނުލިބި އޮތުން ވަނީ ނިމުމަކަށް އައިސްފައެވެ. މިއީ އެޓީމު ކޯޗު ސްޓެފަން ކެނީގެ ކޯޗުކަމުގައި އަޔަލެންޑް ހޯދި ފުރަތަމަ މޮޅެވެ. ހުކުރު ދުވަހު ފަށާ ޔޫރޯގެ ކުރިން އަންގާރަދުވަހު އެކުވެރިކަމުގެ ފަހު މެޗުގައި އަޔަލެންޑް ނުކުންނާނީ ހަންގޭރީއާ ދެކޮޅަށެވެ. ޔޫރޯގައި އެޓީމު ހިމެނޭ ގުރޫޕްގެ ފުރަތަމަ މެޗުގައި އަޔަލެންޑް ނުކުންނާނީ އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލްއާ ދެކޮޅަށެވެ.

ރޭގެ އެކުވެރި ކަމުގެ މެޗްގައި އަމިއްލަ ދަނޑުގައި ޔޫކްރޭން މޮޅުވީ ނޮދަންއަޔަލޭންޑާ ވާދަކޮށް 1-0 ލަނޑުންނެވެ. މެޗުގައި ޔޫކްރޭން ޖެހި ހަމައެކަނި ލަނޑު މެޗުގެ 10ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ޒުބަކޯވްއެވެ. ޔޫރޯއަށް ތައްޔާރުވުމުގެ ގޮތުން ފަހު މެޗުގައި ހޯމަދުވަހުގެރޭ ޔޫކްރެއިން ނުކުންނާނީ ސައިޕްރެސްއާ ދެކޮޅަށެވެ.
ޔޫރޯގައި ޔުކްރޭން ހިމެނޭ ގުރޫޕްގައި ފުރަތަމަ މެޗުގައި އެޓީމު ނުކުންނާނީ ނެދެލެންޑާ ދެކޮޅަށެވެ.
ކޮމެންޓު ފޮނުވާ