ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު 168،889އަށް

ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު 168،889އަށް

Author
ޢަލީ އާދަމް
03 ޖޫން 2021 12:43
0

ރާއްޖޭގައި ކޯވިޑް-19ގެ ވެކްސިންގެ 2 ވަނަ ޑޯޒް ޖަހައި ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު 168،889 އަށް އަރައިފި އެވެ.

އިއްޔެ ރާއްޖޭގެ އެކި ރަށްރަށުން 1،132 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެ މާލެ ސަރަހައްދުގައި 246 މީހަކު ދެވަނަޑޯޒް ޖަހާފައިވާއިރު، އަތޮޅުތެރޭގެ އެކި ރަށްރަށުން 886 މީހުންވަނީ ވެކްސިންގެ 2 ވަނަ ޑޯޒް ޖަހާފައެވެ.

މީގެ އިތުރުން އިއްޔެ 246 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ވެސް ޖަހާފައި ވެއެވެ. އެއީ މާލެ ސަރަހައްދުން 46 މީހުން އަދި އަތޮޅުތެރޭގެ އެކި ރަށްރަށުން 200 މީހުނެވެ. މިއާއެކު ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމަލް ޢަދަދުވަނީ 310،405 އަށް އިތުރުވެފައެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިން ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 11 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 4 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 240 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.