ކޮޕާ އެމެރިކާ އާއި ޔޫރޯއަށް ހާއްސަ ޖާޒީ ގަތުމުގެ ފުރުސަތު މާރންސް އިން

ކޮޕާ އެމެރިކާ އާއި ޔޫރޯއަށް ހާއްސަ ޖާޒީ ގަތުމުގެ ފުރުސަތު މާރންސް އިން

ކޮޕާ އެމެރިކާ އާއި ޔޫރޯގެ އެންމެ މަޤްބޫލު ޓީމުތަކުގެ ޖާޒީ ގަންނަން ޕްރީ އޯޑަރ ކުރުމުގެ ފުރުސަތު މަތިވެރީ އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯރޓްސް (މާރންސް) އިން ހުޅުވާލައިފި އެވެ.

ފުޓުބޯޅަ އަށް ޝައުގުވެރިވާ ފަރާތްތަކަށް އެ މީހަކު ސަޕޯޓުކުރާ ގައުމެއްގެ ޖާޒީ ފޯރުކޮށްދިނުމަށް ހުޅުވާލާފައިވާ މި ފުރުސަތުގައި ޔޫރޯގައި ވާދަކުރާ 6 ގައުމެއްގެ ޖާޒީ އާއި ކޮޕާ އެމެރިކާގައި ވާދަކުރާ އެންމެ މަޤްބޫލު ދެގަމު ކަމަށްވާ ބްރެޒިލާއި އާޖެންޓީނާގެ ޖާޒީ ލިބެންހުނަނާނެ ކަމަށް މާރންސް ޖަމިއްޔާއިން ބުނެއެވެ. ޔޫރޯގައި ކުޅޭ ގައުމުތަކުގެ ތެރެއިން ޕޯޗުގަލް، ޖަރުމަނު، ފްރާންސް، ސްޕެއިން، އިންގްލެންޑްގެ އިތުރުން ނެދަލޭންޑްގެ ޖޯޒީ ލިބޭނެކަމަށްވެސް މާރންސް ޖަމިއްޔާއިން ބުނެއެވެ.

މާރންސް އިން ބުނީ އެޖަމިއްޔާގެ "މޯލްޑިވްސް ފޭންސް އެޑިޝަން"ގެ ޖޯޒީ ގަންނަން ބޭނުންވާ ފަރާތްތަކުން މި މަހު 4 ވާ އަންނަ ހުކުރު ދުވަހުގެ ކުރިން ޕްރީއޯޑަރ ދެވޭނެ ކަމަށެވެ. އެގޮތުން 7556604, 9128412, 9577202, 7491338 މިނަމްބަރުތަކަށް ގުޅައި ޕްރީއޯޑަރ ދިނުމަށް މާރންސް ޖަމިއްޔާ އިން އެދެއެވެ.

މި ޖާޒީ ހުރިހާ ސައިޒަކުން އަންހެނުންނާއި ފިރިހެނުން ނާއި ކުޑަކުދިންނަށް ހާއްސަ އަތްދިގު އަދި އަތްކުރުކޮށްވެސް ލިބޭނެ ކަމަށާއި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ޖާޒީ ފޮނުވައި ދޭނެ ކަމަށް މާރންސް ޖަމިއްޔާއިން ބުނެއެވެ.

މިއީ އެ ޖަމިއްޔާއިން މީގެ ކުރިންވެސް ހިންގާ ކަމެއް ކަމަށާއި މިކަމަށް ވަރަށް ހޫނު ތަރުހީބެއްވެސް ލިބޭ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *