ބީޓީއެސް އިން ފަސް ރެކޯޑްއެއް މުގުރާލައިފި

ބީޓީއެސް އިން ފަސް ރެކޯޑްއެއް މުގުރާލައިފި

Author
ފާތިމަތު ނާވީ
29 މެއި 2021 08:16
0

ސައުތް ކޮރެއަން ބޭންޑެއް ކަމަށްވާ "ބީޓީއެސް" އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޒުވާނުންގެ މެދުގައި އެންމެ މަޤްބޫލު އެއް ބޭންޑެވެ. ބީޓީއެސްގެ އެންމެ ފަހުގެ ލަވަ "ބަޓާ" އާއި އެކުގައި ބޭންޑުން ވަނީ 5 ރެކޯޑު މުގުރާފައެވެ.

ބިލްބޯޑްސް މިއުޒިކް އެވޯޑްސް 2021 ގައި ބީޓީއެސް އިން ވަނީ އެމީހުން ނޮމިނޭޓްވި ހަތަރު ކެޓަގަރީ ވެސް ކާމިޔާބު ކޮށްފަ އެވެ. އެއީ "ޓޮޕް ސެލިންގ ސޯންގ" "ޓޮޕް ޑުއޯ/ގްރޫޕް" "ޓޮޕް ސޯންގް ސޭލްސް އާޓިސްޓް" އަދި " ޓޮޕް ސޯޝަލް އާޓިސްޓް" އެވެ.

ބީޓީއެސްގެ އާ ލަވަ ބަޓާއާއި އެކުގައި މި ބޭންޑުން ވަނީ ހަތަރު ގިނީސް ވޯލްޑް ރެކޯޑު މުގުރާފައެވެ. އަދި ހަމަ އެހެންމެ ގުރޫޕް ރެކޯޑެއްވެސް ވަނީ މުގުރާފައެވެ. މިކަން މި މަހުގެ 25 ވަނަ ދުވަހު ގިނީސް ވޯލްޑް ރެކޯޑުން ވަނީ ކަށަވަރު ކޮށްދީފަ އެވެ.

މި ލަވަ އިން ވަނީ 24 ގަޑި އިރު ތެރޭގައު 108200000 ވިއުސް ހޯދާފަ އެވެ. އެގޮތުން ކޭ ޕޮޕް ގުރޫޕެއްގެ ލަވައެއް 24 ގަޑި އިރުތެރޭގައި އެންމެ ގިނަ މީހުންބެލި ލަވައަކަށްވެސް މި ލަވަ ވަނީ ވެފައެވެ.

ހަމަ އެހެންމެ މި ލަވަ ވަނީ ސްޕޮޓިފައިގައި ވެސް އެންމެ ގިނައިން އަޑުއަހާފައިވާ ލަވައަށް ވެފައެވެ. އެގޮތުން ދުނިޔޭގެ ވިއުސް އަށް ބަލައިލާއިރު 11042335 ގޮލޯބަލް ސްޓރީމްސް ވަނީ މި ލަވައަށް ލިބިފައެވެ.

މިއާއި އެކުގައި ބީޓީއެސް އިން މިހާތަނަށް ބައިނަލްއަގުވާމީ 23 އެވޯޑެއް މިވަނީ ކާމިޔާބު ކޮށްފަ އެވެ. ޓްވިޓާއިން ބުނެފައިވާ ގޮތުން "ބަޓާ" އާއި ބެހޭގޮތުން 31 މިލިއަނަށް ވުރެ ގިނަ ޓްވީޓް އެކިމީހުން ވަނީ ކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

? ?Jeon Jungkook ?
??Omg...my loves