ގެމަނަފުށީ އިސްމެޖިސްޓްރޭޓަށް ނަސޭހަތްތެރިވެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމަށް އަންގައިފި

ގެމަނަފުށީ އިސްމެޖިސްޓްރޭޓަށް ނަސޭހަތްތެރިވެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމަށް އަންގައިފި

Author
މުޙައްމަދު ޝަޒައިމް
21 އޮކްޓޯބަރ 2020 02:12
0

ގެމަނަފުށީ އިސްމެޖިސްޓްރޭޓް އިބްރާހީމް މުނީރު ފަޑިޔާރުންގެ ސުލޫކީ މިންގަޑާއި ޚިލާފްވެފައިވާތީ ނަސޭހަތްތެރިވެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމަށް ޖޭއެސްސީން އަންގައިފިއެވެ.

ޖޭއެސްސީން ވިދާޅުވީ ގއ.ގެމަނަފުށީ ރަށު ގޭގެ މިލްކުވެރިކަން ސާބިތު ކުރުމަށް ހިންގި، ޤަޟިއްޔާގައި ޙުކުމްކުރި ގޮތާ ޚިލާފަށް، އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި، ގއ.ގެމަނަފުށީ ރުއްދޮށުގެއާއި އެންމެހާ އިމާރާތްތަކާއި ރުއްގަހުގެ މިލްކުވެރި ފަރާތަކީ ގއ.ގެމަނަފުށީ ރުއްދޮށުގޭ އަލްމަރުޙޫމް ޙުސައިން މަނިކު ކަމަށް ބަޔާންކުރުމުގެ ބަދަލުގައި، ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުން ފެށިގެން ޙުކުމާހަމައަށް ބަޔާންކޮށްފައިވަނީ ގއ.ގެމަނަފުށީ ރުއްދޮށުގޭ ޒައިދު ޙުސައިންގެ ނަންކަމަށް ބުނެފައިވާކަމަށެވެ.

މިކަމަކީ ފާޅުކަން ބޮޑުކޮށް އެ ރިޕޯޓުގައި އޮތް ލިޔުމުގެ ކުށެއްކަމަކަށްވީއިރު އެކުށް ފާހަގަނުވެ އަދި އެކުށް ހުރިކަން ނޭނގި ރިޕޯޓުގައި ސޮއިކޮށް މައްސަލާގައި ހިމެނޭ ފަރާތްތަކަށް ރިޕޯޓު ދޫކުރުމަކީ، ގަސްތުގައި ކޮށްފައިވާ ކަމެއް ކަމުގައި ނުވިނަމަވެސް، އެ ކަމަކީ އިސްމެޖިސްޓްރޭޓް އިބްރާހީމް މުނީރު ފަރުވާކުޑަކުރުމުގެ ސަބަބުން ހިނގާފައިވާ ކަމެއްކަން ސާބިތުވާކަމަށެވެ.

އިސްމެޖިސްޓްރޭޓް އިބްރާހީމް މުނީރުގެ މި ޢަމަލަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ކަނޑައެޅިގެން ޚިލާފަށް ކޮށްފައިވާ ޢަމަލަކަށް ވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ދަށުން، އިސްމެޖިސްޓްރޭޓް އިބްރާހީމް މުނީރުއަށް ނަޞޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމަށް ވަނީ ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.