ކޯވިޑް-19އިން ރައްކާތެރިވުމަށް ކުރާ މަސައްކަތްތަކުގައި ވޮލެންޓިއަރެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މަސައްކަތްކުރައްވަން ފަށްޓަވައިފިއެވެ.
ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މީގެކުރިން ޝައުގުވެރިކަން ފާޅުކުރައްވާފައިވެއެވެ.ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ ތަޙްނިޔާ ފޮނުވާ މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަނުން ކޮށްފައިވާ ޓުވީޓެއްގައި ވަނީ ޗީފް ގައިޑް، ރައީސުލްޖުމްހޫރިޔްޔާގެ އަނބިކަބަލުން ފަޒްނާ އަހުމަދު ހުޅުމާލެ ކޯވިޑް ފެސިލިޓީގައި ވޮލެންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ.އަދި އެކަމަނާއަކީ ޒުވާނުންނާއި ކަނބަލުންނަށް ނަމޫނާއެއްކަމަށްވެސް އެ ޓްވީޓުގައި ބުނެފައިވެއެވެ.
Happy Birthday our Chief Guide @thadhs ?
You are setting an example for us, girls and Young Women in our movement. As Chief Guide is currently volunteering at Hulhumale facility, we thank you for volunteering and inspiring us ?@wagggsworld @presidencymv #GirlGuidesMv #wagggs pic.twitter.com/W4IDZ8t7bM— Maldives Girl Guides Association (MGGA) (@GirlGuidesMv) May 24, 2021
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ކޯވިޑް އަށް ޕޮޒިޓިވްވެސް ވެފައެވެ. ބަލިން ރަނގަޅުވުމަށްފަހު އެކަމަނާ ވިދާޅުވެފައި ވަނީ ކޯވިޑުން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތުގައި ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވިކަމަށެވެ. އަދި އެ ފުރުސަތު ލިބިޑައިގެންފިނަމަ އެންމެ ބޮޑަށް ބޭނުންވާ ދިމާލެއްގައި ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ފަޒްނާ ވިދާޅުވިއެވެ.
ކޯވިޑް ރާއްޖޭގައި ފުރަތަމަ ފެތުރެންފެށި ދުވަސްވަރު އަދި ފުރަބަންދުގައި އޮތް ދުވަސްވަރުވެސް ރައީސްގެ އަނބިކަނބަލުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. މިގޮތުން އެހީތެރިކަން ބޭނުންވި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެއްވައި، މީހުން ހޭލުންތެރިކުރުމަށް އެޗްއީއޯސީއާއި ޔުނިސެފުން ކުރި މަސައްކަތުގައި މުހިއްމު ދައުރެއް އެކަމަނާ ވަނީ އަދާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދަކީ ތައުލީމީ ދާއިރާގައި، ޚާއްސަކޮށް މުދައްރިސްކަމާއި ސްކޫލް ހިނގުމުގެ ދާއިރާގައި ގިނަ އަހަރުތަކެއްވަންދެން މަސައްކަތްކުރައްވާފައިވާ ބޭކަނބަލެކެވެ. މީގެ އިތުރުން ކުޑަކުދިންނާއި އެކި ރޮނގުރޮނގުން މުޖުތަމަޢުގައި އަޅާލުން ބޭނުންވެފައިވާ މީހުންގެ ޙައްޤުތައް ހިމާޔަތްކުރުމާއި އެފަދަ މީހުންގެ ހައްޤުތައް ކަށަވަރުކުމުގެ މުހިއްމުކަމާއި އެދާއިރާތައް އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހިފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން އެކި މަންސަތަކުގައި އެކަމަނާ ވަނީ އަޑުއުފުއްލަވާފައެވެ.
ކޮމެންޓު ފޮނުވާ