މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލެއިން ބޮޑެތި ޒަޚަމްތަކާއެކު ލެއިން ފޯވެފައި އޮއްވާ ފެނުނު ޒުވާނާ، ޢިމާރާތުގެ މަތިން ވެއްޓުމުގައި އެހެން މީހެއްގެ އަތެއް ނެތްކަމަށް ފުލުހުން ބުނެފިއެވެ.
ހުޅުމާލެ ނިރޮޅުމަގު ހަ ނަންބަރު ގޯޅީގައ ޒަޚަމްތަކާއެކު ފެނިފައިވަނީ ޢުމުރުން 21 އަހަރުގެ ޒުވާނެކެވެ. އޭނާ ގެސްޓް ހައުސް ޢިމާރާތަކުގެ ވެއްޓުނުތަން އެއްވެސް މީހަކަށް ފެނިފައިނުވެއެވެ. ނަމަވެސް އޭނާ ޒަޚަމްތަކާއެކު ވެއްޓިފައި އޮއްވާ ފެނުމުން ބަޔަކު ފުލުހުންނަށް ރިޕޯޓްކުރީއެވެ. ފުލުހުން ބުނީ އޭނާ ވެއްޓުނ ހަ ފަންގިފިލާގެ ޢިމާރާތަކުން ތިން ފަންގިފިލާގެ ގެސްޓް ހައުސް ޢިމާރާތެއްގެ ޓެރަހަށެވެ. އަދި އެ ޢިމާރާތުން އޭނާ ވެއްޓުނީ މަގުމައްޗަށެވެ.
ފުލުހުން ބުނީ އޭނާ ވެއްޓުމުގެ 10 ވަރަކަށް މިނެޓް ކުރިން، އޭނާ އެ ޢިމާރާތަށް ވަންނަ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެންނަކަމަށެވެ.
ޒަޚަމްތަކާއެކު ޢިމާރާތުގެ މަތިންވެއްޓޫނު ޒުވާނާ އަދިވެސް އޮތީ އައިޖީއެމްއެޗްގައެވެ. އަދި އޭނާގެ ހާލަތު އަދިވެސް ސީރިއަސްކަމަށް މަޢޫލޫމާތު ލިބެއެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ހޭ ނެތިފައިވާކަމަށް ހޮސްޕިޓަލުން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ