ސަރުކާރުން ކުރާ މަސައްކަތުން ކޯވިޑުން އަރައިގަނެވޭނެ: އިލްޔާސް

ސަރުކާރުން ކުރާ މަސައްކަތުން ކޯވިޑުން އަރައިގަނެވޭނެ: އިލްޔާސް

Author
މުޙައްމަދު ޝަޒައިމް
24 މެއި 2021 11:54
0

ކޯވިޑުގެ ނުރައްކާތެރި ހާލަތުން އަރައި ގަތުމަށް ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތުން، މިބަލިމަޑުކަމުން އަރައިގަނެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ހާލަތު ގޯސްވެ، ބަލި ކޮންޓްރޯލް ނުވެގެންދާތީ މަޖިލީހަށް ހުށަހެޅި މައްސަލާގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ ކޯވިޑް މެނޭޖް ކުރުމަށް ސަރުކާރުން ކުރާމަސައްކަތުގެ ނަތީޖާ ފެންނަމުން ދާކަމަށެވެ. މިހާތަނަށްވެސް ސަރުކާރުންވަނީ ކޯވިޑް މެނޭޖް ކުރުމަށް ހަރުދަނާ މަސައްކަތްތަކެއް ކޮށްފައި ކަމަށާއި، މިހާރުވެސް ކުރަމުންދާ މަސައްކަތުން ރަނގަޅު ނަތީޖާތަކެއް ލިބިގެންދާނެކަމަށް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ މިވަގުތު ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައިކަމަށް ގަބޫލު ކުރައްވާކަމަށާއި، އަދި މިހާރު ކޯވިޑްހެ ބަލި މަޑުކަން ނެތްރަށްތަކަށްވެސް ކޯވިޑް ނުދާނޭހެން ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށެވެ. ސަރުކާރުން ދަނީ މިމަސައްކަތް ވަރަށް ހަރުދަނާކަމާއިއެކު ކުރަމުންކަމަށާއި، އަޅަމުންދާ ފިޔަވަޅުތަކުން ރަނގަޅު ނަތީޖާތަކެއް ލިބިގެންދާނެކަމަށް އުންމީދު ކުރާކަމަށް އޭނާ ވިދާޅުވިއެވެ.

މިމައްސަލަ މިއަދު ހުށަހަޅުއްވަމަން ސައީދު ވިދާޅުވީ މިއީ ކޯވިޑްގެ ހާލަތު މެނޭޖް ނުކުރެވި އަތޮޅުތެރޭގެ އިންތިޒާމުތައް ހުރި ހާލަތު ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ހުށަހެޅުއްވި މައްސަލައެއް ކަމަށެވެ. ސައީދު ވިދާޅުވީ ރާއްޖޭގައި ކޮވިޑް ފެތުރެން ފެށީއްސުރެ ވެސް ރައްޔިތުންގެ އޮތް ކަންބޮޑުވުމަކީ އެ ބަލިން ވީ އަވަހަކަށް އަރައިގަނެވީ އާންމު ހާލަތަކަށް ނުދެވި ދިއުމެވެ. އާންމު ހާލަަތަށް ގެންދަން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ވެސް ސައީދު ވަނީ ފާޑު ވިދާޅުވެފަ އެވެ.

މުޅި ރާއްޖެއަށް ކޯވިޑް ފެތުރިފައިވާއިރު މީހުން ދިރިއުޅޭ 70 ރަށެއް މިހާރު ވެސް އޮތީ މޮނިޓަރިންގަ އެވެ. ކޮވިޑްގެ ހާލަތު މިއިން ދުވަހަކު ގޯސް ނުވާ ވަރަށް ރާއްޖޭގައި ގޯސްވެ ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މިންވަރު އުޅެނީ ހާހުން މަތީގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޓ ޓައިމް
އިރާދަ ކުރެއްވިޔާ . ތީ އުންމީދަކީ.