މެމްބަރުން ކެމްޕެއިންގައި ގުޅުއްވި ލިސްޓުތަކަށް ގުޅަންވީ ވަގުތަކީ މިއީ: މޫސަ

މެމްބަރުން ކެމްޕެއިންގައި ގުޅުއްވި ލިސްޓުތަކަށް ގުޅަންވީ ވަގުތަކީ މިއީ: މޫސަ

Author
މުޙައްމަދު ޝަޒައިމް
24 މެއި 2021 12:09
0

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލިސް ކެމްޕެއިން ދުވަސް ވަރުގައި ވޯޓު ހޯދުމަށް ދާއިރާގެ ރައްޔިތުންނަށް ގުޅުއްވި ލިސްޓުތަކަށް ގުޅުއްވަންވީ ވަގުތަކީ މިއީ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ހާލަތު ރާއްޖޭގައި އިންތިހާއަށް ގޯސްވެ، އަތޮޅު ތެރޭގެ ގިނަ ރަށްތައް މިވަގުތުވެސް އޮތީ އަރާފޭބުން މަނާކޮށްފައެވެ. މިހާލަތުގައި ރައްޔިތުން ތަހައްމަލު ކުރަމުންދާ ހިތްދަތި ތަޖުރިބާއާއި އިހުސާސްތައް އެދާއިރާއެއްގެ ރައްޔިތުން ގާތުން ބެލުމަކީ މެމްބަރުންގެ ޒިންމާއެއްކަމަށް މޫސަ ވިދާޅުވިއެވެ. ކެމްޕެއިން ދުވަސްވަރު މަޖިލީހަށް އިންތިހާބު ބުމަށް ވޯޓު ހޯދަން ދާއިރާގެ ރައްޔިުތުންނަށް ހުއްޓާނުލައި ގުޅުއްވި ގޮތަށް މިއަދު އެރައްޔިތުން ތިބި ހާލަތު އޮޅުން ފިލުގައި އެލިސްޓުތައް އަލުން ނަގައި ގުޅުމަކީ މިއަދު ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތް ކަމަށް މޫސަ ވިދާޅުވިއެވެ.

ރައްޔަތުންގެ މަޖްލީހުގެ އިއްޒަތްތެރި މެމްބަރުންގެ ސަމާލުކަމަށްދަންނަވަން! ރާއްޖޭގެ ހުރިހާ ރަށެއްގާ މިހާބާރަށް ކޯވިޑް ރޯގާފެތުރެމުންދާއިރު މެމްބަރުންގެ ދާއިރާތަކުގާ ހުރިކަންކަމަށް އެހީވުމުގެގޮތުން ކެމްޕޭނުގާ ގެންގުޅުނު ލިސްޓުތަކަށްގުޅުއްވާ. ހާލުބައްލަވާ ދެއްވާ،.

މޫސަ ވިދާޅުވިއެވެ.

ރާއްޖޭގައި މިވަގުތުވެސް ކޯވިޑް ހާލަތު ގޯސްވެ އަރާފޭބުން މަނާކޮށްފައިވާ 69 ރަށެއްވެއެވެ. މިރަށްތަކުގެ ތެރެއިން ބައެއް ރަށްތަކުގައި ކޯވިޑްގެ ހާލަތު ވަރަށް ގޯސްވެ އެކަށިގެންވާ ވަސީލަތްނެތި ގިނަ ކަންބޮޑުވުންތައްކެއް ދަނީ ހިއްސާ ކުރަމުންނެވެ. ނަމަވެސް މިކަންކަމަށް ދާއިރާތަކުގެ މެމްބަރުންނާއި، ސަރުކާރުންވެސް އެކަށީގެންވާ އިޖާބައެއް ނުލިބޭކަމުގެ ކަންބޮޑުވުން އެދާއިރާގެ ރައްޔިތުން ދަނީ ހިއްސާ ކުރަމުންނެވެ.

މޫސަވަނީ މިހާލަތުގައި މެމްބަރުންގެ ޒިންމާ އަދާކުރެއްވުމަށްޓަކައި ދާއިރާތަކުގެ ރައްޔިތުންނަށް ގުޅައި ހާލު ބަލައި ކަންކަމުގައި ވެދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށް ދެއްވުމަށް މަޖިލީހުގެ މެމްމަބަރުންނަށް ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ފ ފަނާަ
ވަރަށް ރަނގަޅުކަމެއް ތިކަމާ ތާއީދުކުރައްްވަން