އިދިކޮޅު އެކްޓިވިސްޓު ދަތުރު ކުރަމުން ދިޔަ ފްލައިޓް، ބެލްރޫސްގެ އެއަރޕޯޓުގައި ޖެއްސުމަށް މަޖުބޫރު ކޮށްފި

އިދިކޮޅު އެކްޓިވިސްޓު ދަތުރު ކުރަމުން ދިޔަ ފްލައިޓް، ބެލްރޫސްގެ އެއަރޕޯޓުގައި ޖެއްސުމަށް މަޖުބޫރު ކޮށްފި

Author
ހުސެއިން
23 މެއި 2021 10:39
0

ބެލަރޫސްގެ އިދިކޮޅު އެކްޓިވިސްޓު ދަތުރު ކުރަމުން ދިޔަ ރިޔާން އެއަރ ފްލައިޓް، ބެލްރޫސްގެ އެއަރޕޯޓުގައި ޖެއްސުމަށް ފައިޓަރ ޖެޓްތަކުގެ އެހީގައި މަޖުބޫރު ކޮށް، ފްލައިޓް އެއަރ ޕޯޓުގައި ޖެއްސުމާއެކު އޭނާ ހައްޔަރު ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފްލައިޓް ދަތުރު ކުރަމުން ގޮސްފައިވަނީ ގްރީސްއިން ލިތުއޭނިޔާއަށެވެ. މި ފްލައިޓް ބެލްރޫސްގެ ވެރިރަށް މިނސްކްގެ އެއަރޕޯޓުގައި ޖެއްސުމާއެކު، ބެލަރޫސްގެ ފުލުހުންވަނީ އޭނާ ހައްޔަރު ކޮށްފައެވެ. ބެލަރޫސްގެ ސަރުކާރާ ދެކޮޅު މި އެކްޓިވިސްޓަކީ ނޫސްވެރިއެކެވެ.

ކުރިން އޭނާ މަސައްކަތް ކޮށްފައިވާ ނެކްސްޓާ މީޑިއާރ ނެޓްވާކުން ބުނެފައިވަނީ، އެނޫހުގެ ކުރީގެ އެޑިޓަރ ރޯމަން ޕްރޯޓޭސެވިޗް ބެލެރޫސްގެ ފުލުހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފްލައިޓް ބެލަރޫސްގެ އެއަރޕޯޓުގައި ޖެއްސުމާއެކު އިދިކޮޅު އެކްޓިވިސްޓް ވަނީ ހައްޔަރު ކުރެވިފަ

ބެލަރޫސްގެ ދައުލަތުގެ މީޑިއާއިން ބުނެފައިވަނީ، ފައިޓަރ ޖެޓްތަކުގެ އެހީގައި އެ ފްލައިޓްގެ މިސްރާބު ބެލަރޫސްގެ ވެރިރަށާއި ދިމާލަށް މިސްރާބު ކުރުވަން ޖެހުނީ ބޯޓުގައި ބޮމެއް ހަރުކޮށްފައި އޮތްކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިގެންނެވެ. އެހެންނަމަވެސް، މި ބޯޓުން ގޮވާ ޒާތުގެ އެއްވެސް އެއްޗެއް ފެނިފައި ނުވާކަމަށް ބެލަރޫސްގެ ފުލުހުން ފަހުން ވަނީ ބުނެފައެވެ.

ފްލައިޓްގެ މިސްރާބު ބަދަލުކޮށް، އެގައުމުގައި ބޯޓު ޖެއްސުމާއެކު، ފުލުހުން އެ ފްލައިޓްގައި ދަތުރު ކުރަމުންދިޔަ ސަރުކާރާ ދެކޮޅު އެކްޓިވިސްޓް ހައްޔަރު ކުރުމާއެކު، ޔޫރަޕްގެ ގިނަ ގައުމުތަކުން ވަނީ، ރުޅިވެރިކަމާއެކު، "މިއީ ސްޓޭޓް ޓެރަރިޒަމް" ކަމަށް ބުނެ ބެލަރޫސްއަށް އަދަބު ދިނުމަށްވެސް ގޮވލާފައި ވެއެވެ.

އަދި މީގެއިތުރުން ޔޫރަޕްގެ ސިޔާސީ ނުފޫޒު ގަދަ ފަރާތަތަކުން ވަނީ އިޔޫ އަދި ނޭޓޯއިންވެސް މިމައްސަލާގެ ތެރެއަށް ވަނުމަށްވެސް ގޮވާލައްވާފައެވެ.

ފާއިތުވެދިޔަ އަހަރު ބޭއްވުނު ބެލަރޫސްގެ ރިޔާސީ އިންތިޚަބުގައި، މަކަރު ހަދާ އޮޅުވާލާފައިވާ ކަމަށް ބުނެ،، އެގައުމުގެ ރައީސް އެލެގްޒެންޑަރ ލުކަޝެންކޯ އާއި ދެކޮޅަށް ކުރިޔަށްދިޔަ މުޒާހިރާ ތަކުގައި އަނިޔާ ލިބިފައިވ،ާ އެގައުމު އިދިކޮޅު ޕާޓީގެ ލީޑަރު ސްބެޓްލާނާ ޓިޚަނޮވްސްކާޔާ ވެސް ވަނީ އިދިކޮޅު އެކްޓިވިސްޓް ދޫކޮށްލުމަށް ބެލަރޫސްގެ ސަރުކާރަށް ގޮވާލައްވާފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓުގައި 171 މީހަކު ދަރުކުރަމުން ދިޔައެވެ.

ފާއިތުވި އަހަރުގެ އޮގްސްޓުކަމަހު ބޭއްވުނު ބެލަރޫސްގެ އާންމު އިންތިޚާބަސްފަހު، އުމުރުންމ 66 އަހަރުގެ އެލެގްޒެންޑާ ލުކަޝެންކޯ ވަނީ އިތުރު ދައުރަކަށް އިންތިޚާބު ވެވަޑައިގެންފައެވެ. އޭނާ ގެންދަވަނީ ބެލަރޫސްގައި 1994 ވަނައަަހަރުން ފެށިގެން ވެރިކަން ކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.