ވެކްސިން ދެ ޑޯޒް ޖެހި މީހުންގެ ޢަދަދު 156،002އަށް

ވެކްސިން ދެ ޑޯޒް ޖެހި މީހުންގެ ޢަދަދު 156،002އަށް

Author
މުޙައްމަދު ޖިމީ
23 މެއި 2021 10:09
0

އިތުރު 2،056 މީހުން ވެކްސިންގެ 2 ވަނަ ޑޯޒް ޖެހުމާއެކު ރާއްޖޭގައި ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު 156،002 އިން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެ ކޯވިޑް-19އިން ދިފާޢުވުމަށް ވެކްސިންގެ 2ވަނަ ޑޯޒް ޖެހި މީހުގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ދެ ޑޯޒް ފުރިހަމަކުރި 545މީހުންނާއި، އަތޮޅުތަކުން ވެކްސިން ދެޑޯޒް ޖެހި 1،511 މީހުންނެވެ. މިއާއެކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 156،002 އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 449 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން ވެކްސިންޖެހި 306 މީހުންނާއި، އަތޮޅުތަކުން ވެކްސިން ޖެހި 143 މީހުންނެވެ. ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 305،850އަށް އަރާފައެވެ.

ކޯވިޑް-19އިން ދިފާއުވުމަށް ޖަހާ 3 ވެކްސިނެއް މިވަގުތުވެސް ރާއްޖޭގައި ދެމުންގެންދާއިރު، ރަޝިޔާގެ ވެކްސިނަށްވެސް މޯލްޑިވްސް ފުޑްއެންޑް ޑްރަގް އޮތޯރިޓީން މިހާރު ވަނީ ހުއްދަ ދެއްވާފައެވެ. އަދި އެވެކްސިންވެސް ހޯދުމުގެ މަސައްކަތް ސަރުކާރުންވަނީ ފަށާފައެވެ. މީގެ އިތުރުން އެސްޓްރަޒެނަކާގެ ވެކްސިން އަންނަ މަހު ރާއްޖެއަށް ލިބޭނެކަމަށް ހެލްތް މިނިސްޓަރުވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.