އިންޓަރނެޓްގެ އަގު ހެޔޮކޮށް، އަންގާރަ ދުވަހު އިޢުލާންކުރަނީ

އިންޓަރނެޓްގެ އަގު ހެޔޮކޮށް، އަންގާރަ ދުވަހު އިޢުލާންކުރަނީ

Author
މުޙައްމަދު ޖިމީ
23 މެއި 2021 07:16
0

ރާއްޖޭގައި ދެމުން އަންނަ އިންޓަރނެޓްގެ އަގު ހެޔޮކުރަން ނިންމާ، އިންޓަނެޓްގެ އަގަށް ގެންނަ ހެޔޮ ބަދަލު އަންނަ އަންގާރަ ދުވަހު އިޢުލަންކުރަން ނިންމައިފިއެވެ.

"ޚަބަރު އޮންލައިން"އަށް އެނގިފައިވާ ގޮތުގައި އިންޓަރނެޓްގެ އަގު ހެޔޮކުރުން އޮންނަނީ އަންގާރަ ދުވަހުގެ ހެނދުނު 11 ޖަހާއިރުއެވެ. އެނގިފައިވާގތުން އިންޓަރެނޓްގެ އަގަށް ގެންނަ ބަދަލާއެކު ޖީބީއެއްގެ އަގު 5ރ އަށް ދަށްވެގެންދާނެއެވެ. އެއީ މިހާރުގެ އަގަށްވުރެ %20ގެ އަގު ހެޔޮވުމެކެވެ.

އިންޓަރނެޓްގެ އަގަށް ގެންނަ ބަދަލާއެކު 5 އެމްބީޕީއެސްގެ ސްޕީޑުގައި 250ރުފިޔާއަށް 30 ޖީބީ، 15 އެމްބީޕީއެސްގެ ސްޕީޑުގައި 500ރުފިޔާއަށް އަށް 100 ޖީބީ، 25 އެމްބީޕީއެސްގެ ސްޕީޑުގައި 750ރުފިޔާއަށް 250 ޖީބީއެވެ. މަޢޫލޫމާތު ލިބޭގޮތުގައި ސަރުކާރުން އިންޓަނެޓުގެ އަގު ހެޔޮކުރުމާއެކު އެންމެ ބޮޑަށް ހެޔޮ ވެގެންދާނީ ފިކްސް ބްރޯޑްބޭންޑުގެ އަގުތަކަށެވެ.

އިންޓަރެނެޓްގެ އަގަށް ގެންނަ ބަދަލާއި ގުޅޭގޮތުން ވަނީ ރާއްޖޭގައި ޚިދުމަތް ދެމުން އަންނަ އޮޕަރޭޓަރުންނާއިވެސް މަޝްވަރާކޮށްފައެވެ. ރާއްޖޭގައި އިންޓަރެނެޓްގެ ޚިދުމަތް ދެމުންނަނަ 3 ކުންފުންޏެއް އޮވެއެވެ. އެއީ ދިރާގާއި އުރީދޫގެ އިތުރުން އާރުއެލްއޯއެވެ.

ޖުލައި 1އިން ފެށިގެން އިންޓަރނެޓްގެ އަގު ހެޔޮކުރަނީ

އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެެވެ. ނަމަވެސް އެ ވައުދު ނުފުއްދި އެތަށް ދުވަހެއް ފާއިތުވެގެންދާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ރާއްޖޭގައި އިންޓަރނެޓް އަގުހެޔޮ ކުރުމަށް ކުރެވުނު މަސައްކަތްތައް ހުއްޓުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ އޮފީހުން ކަމުގައި ކުރީގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލް ވަނީ ވިދާޅުވެފައެވެ. އެގޮތުން އިންތަރނެޓް އަގުހެޔޮކުރުމަށް އެ މިނިސްޓްރީން ކުރަންޖެހޭ ކަންކަން 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނިންމާ ޕޮލިސީ އޮފީހަށް ފޮނުއްވެވިކަމަށް މަލީހު ވިދާޅުވެފައިވެއެވެ. މިސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރެއިން އިންޓަރނެޓްގެ އަގުހެޔިކުރުމަށް ވެފައިވާ ވައުދާއި އެއްގޮތަށް، އިންޓަރނެޓްގެ އަގު ހެޔޮ ކުރުމަށް ހުށަހެޅުމުންވެސް މިސަރުކާރުން އެކަން ނުކުރީ ވަޒީރަކަށް ހުރީ އެމްޑީޕީއަށް ނިސްބަތްވާ ވަޒީރަކަށް ނުވުމުންކަމުގައިވެސް މަލީހު ވިދާޅުވެފައިވެއެވެ.

އިންޓަރނެޓް އަގުހެޔޮކޮށް، ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަން: ޝައުނާ

އިންޓަރނެޓް ޚިދުމަތުގެ އަގުތަކާއި ފެންވަރަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން ކަމުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ މިމަހުގެ 17 ގައި ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.