ހުޅުމާލޭގެ ފުރަތަމަ ކައުންސިލަރާއިއެކު، ހުޅުމާލޭ ސާވިސަސް ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ރައްޔިތުންގެ ބޮޑު ކަންބޮޑުވުމަކަށް ނިމުން ގެނުވައިފިއެވެ.
ހުޅުމާލޭގައި ހުރި މައްސަލަތައް ހައްލު ކޮށްދެއްވާނެކަމުގެ ވައުދާއިއެކު އިންތިޚާބުވި ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާ ޗެއާ ކުރެއްވި މި ކޮމިޓީގައިވަނީ މުހިންމު ކަންތައްތަކަށް މަޝްވަރާކޮށްފައެވެ. އޭގެ ތެރެއިން މިއަދުގެ ބައްދަލުވުމުގައި އެންމެ އިސްކަމެއްދީގެ ނިންމާފައިވާ އެއް މައްސަލައަކީ ހުޅުމާލޭގެ ސަހަރާ މިސްކިތުގައި ނަމާދަށްދާ މީހުންނާއި، ކަށު ނަމާދުތަކަށް ދާމީހުން އެއްފާހަނައެއް ބޭނުންކުރުމުންދާތީ އޮތް ކަންބޮޑުވުމަށް ހައްލު ގެނައުމެވެ.
މިކަންބޮޑުވުންމަކީ ނިމިދިޔަ ކައުންސިލް އޮތް އިރުން ފެށިގެންވެސް ގިނަ ބަޔަކު އުފުލި ޝަކުވާއެކެވެ. ނަމަވެސް މިކަމަށް ހައްލެއް ލިބިފައި ނުވެއެވެ. މިއަދުގެ ބައްދަލުވުމުގައިވަނީ ކަށު ނަމާދުތަކަށްދާ މީހުންނަށް މިސްކިތުގެ ހިނަވާގެއާއި އިންވެގެން އިތުރު ހަތަރު ފާހާނަ އެޅުމަށް ނިންމާފައެވެ. މިފާހަނަތަށް ގާއިމް ކުރެވުމުން މިސްކިތުގެ ފާހާނާތައް ކަށު ނަމާދަށްދާ މީހުން ބޭނުންކުރުން ހުއްޓިގެންދާނެއެވެ. މި ނިންމުން ނިންމާފައިވަނީ މިހާލަތަކީ ކޯވިޑް-19 ހަލުވި ކަމާއިއެކު ފެތުރެމުންދާ ދުވަސް ވަރަކަށް ވެފައިވަ، ކޯވިޑްގައި އެތައް ބަޔަކު ނިޔާވަމުންދާއިރު، އެކި އާއިލާތަކުން ޕޮޒިޓިވްވެފައިވާ މީހުންވެސް ކަށު ނަމާދުތަކަށް މިސްކިތުގެ ފާހަނަތަކާއި އިސްކުރު ބަރިތައް ބޭނުންކުރަމުންދާތީ އެންމެންގެ ރައްކަލަކަށް އެޅި ފިޔަވަޅެއްގެ ގޮތުންނެވެ.
ހުޅުމާލެ ސަރވިސަރސް ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުން، ހުޅުމާލެ ސަހަރާ މިސްކިތުގެ ހިނަވާގެއާއި އިންވެގެން 4 ފާހާނަ އެޅުމަށް ނިންމައިފިން. ޖަނާޒާތަކުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ރައްޔިތުންނަށް މިސްކިތުގެ ފާހާނާގެ ބަދަލުގައި ވަކި ފާހާނާ އެއް ހުރުމަކީ ރައްޔިތުންގެ އެދުމެއް.
ހުޅުމާލެ ސަރވިސަރސް ކޮމިޓީގެ HSC001/2021 ގެ ބައްދަލުވުމުން،ހުޅުމާލެ ސަހަރާ މިސްކިތުގެ ހިނަވާގެއާއި އިންވެގެން 4ފާހާނަ އެޅުމަށް ނިންމައިފިން.ޖަނާޒާތަކުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ރައްޔިތުންނަށް މިސްކިތުގެ ފާހާނާގެ ބަދަލުގައި ވަކި ފާހާނާ އެއް ހުރުމަކީ ރައްޔިތުންގެ އެދުމެއް. pic.twitter.com/kPqHCdTuvH
— Ibrahim Shujau (@shuja3831) May 23, 2021
މީގެ އިތުރުން މިމިސްކިތުގެ ގޯތި ތެރޭގައޮ ވިއްސާރަވާ ދުވަސް ދުވަހު ފެންބޮޑުވެ، މީހުންނަށް މިސްކިތަށް ވަދެ ނިކުތުމުގައި ދިމާވާ މައްސަލައަށް ހައްލެއް ގެނައުމަށްވެސް ވަނީ ނިންމާފައެވެ. އެގޮތުން މިސްކިތުގެ ގޯތި ތެރޭގައި ކާނު ސިސްޓަމެއް ގާއމް ކުރުމަށްވެސް ވަނީ ނިންމާފައެވެ. މިނިންމުމާއިއެކު މިމިސްކިތުގައި މިހާރުހުރި އާންމުންގެ ގިނަ ކަންބޮޑުވުންތަކަށް ހައްލު ލިބިގެންދާނެއެވެ.
ވިއްސާރަ ދުވަސްތަކުގައި ހުޅުމާލެ ސަހަރާ މިސްކިތް ގޯތިތެރޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ކާނު ސިސްޓަމްތައް ގާއިމް ކުރުމަށްވެސް މިއަދުގެ ބައްދަލުވުމުން ވަނީ ނިންމާފަ.
އަލަށް އިންތިޚާބުވި މާލެ ސިޓީ ކައުންސިލުން ދަނީ ކޯވިޑްގެ މިހާލަތުގައިވެސް ވެފައިވާ ވައުދުތައް ފުއްދުމުގައާއި، ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އިއްޔެއިން ފެށިގެން މާލެ ސިޓީގެމަގުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މީގެ އިތުރުން މާލެ ސިޓީ ހިމެނޭހެން، ހުޅުމާލެ، ވިލިމާލޭގެ މައްސަލަތައް ހައްލު ކުރުމަށްވެސް މުހިންމު ނިންމުންތަކެއް ވަނީ ނިންމާފައެވެ.
ކޮމެންޓު ފޮނުވާ