މަޖިލީހުގެ ރައީސް، ސްރީލަންކާ ސަފީރާ ބައްދަލުކުރައްވައިފި

މަޖިލީހުގެ ރައީސް، ސްރީލަންކާ ސަފީރާ ބައްދަލުކުރައްވައިފި

Author
މުޙައްމަދު ޖިމީ
21 އޮކްޓޯބަރ 2020 12:00
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ސްރީލަންކާ ސަފީރު، ރޮހާނާ ބެއްޑަގެއާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުވުމުގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން މަޖލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ނަމަވެސް އިތުރު ތަފްސީލެއް މަޖިލީހުން ހާމަކުރައްވާފައެއް ނުވެއެވެ. ސްރީލަންކާގެ ސަފީރު މަޖިލީހަށް ކުރެއްވި ޒިޔާތަރުގައި ވަނީ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

ސްރީލަންކާއިން ރާއްޖެއަށް ކަނޑައެލުއްވި އައު ސަފީރު ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވާފައިވަނީ 31 އޯގަސްޓްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.