ހަތަރު ސަރަހައްދެއްގައި ޕީސީއާރު ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖައްސަނީ

ހަތަރު ސަރަހައްދެއްގައި ޕީސީއާރު ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖައްސަނީ

Author
މުޙައްމަދު ޖިމީ
23 މެއި 2021 06:52
0

ކޯވިޑް-19އއާއި ގުޅިގެން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ރާއްޖޭޣެ 4 ސަރަހައްދެއްގައި ކޯވިޑަށް ޓެސްޓްކުރުމަށް ޕީސީއާރު ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ފަށައިފއެވެ.

އެޗްއީއޯސީގައި މިއަދު ބޭއްވި ޕްރެސް ބްރީފިންގައި ސަރުކާރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ކޯވިޑަށް ޓެސްޓްކުރުމުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން  ލ. އަތޮޅާއި، ރ. އަތޮޅު އަދި ގދ. އަތޮޅާއި ޅ. އަތޮޅުގައި ޕީސީއާރު ޓެސްޓް ހެދޭނެ ވަސީލަތްތައް ޤާއިމްކުރަމުން އަންނަކަމަށާއި، އެކަމަށް ތައްޔާރުވުމުގެ ގޮތުން އެ ސަރަހައްދުތަކުން ލެބް ޓެކްނީޝަނުން ތަމްރީނު ކުރަން ނިންމައި، ނަން ފޮނުވަން އަންގާފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ މަދުވެގެން ކޮންމެ ދުވަހަކު 300 ތެސްޓް އެ ތަންތަނުން ކުރެވޭނެކަމަށެވެ.

މަބްރޫކް ވިދާޅުވީ އަމާޒަކީ މަހެއްހާ ދުވަހުގެ ތެރޭގައި އެ ސަރަހައްދުން ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިއުންކަމަށާއި، ގިނަވެގެން 40-45 ވަރަކަށް ދުވަސް ނަގާނެކަމަށެވެ.

ރާއްޖޭގައި މާލެ ސަރަހައްދުގެ އިތުރުން ބޮޑެތި ސަރަހައްދުތަކުގައި ކޯވިޑަށް ޓެސްޓްކުރެވޭ ޕީސީއާރު މެޝިން ބަހައްޓައި ޚިދުމަތް ދެމުން އަންނައިރު، އެހެން ބައެއް ސަރަހައްދުތަކުގައި ޖީން އެކްސްޕާޓް މެޝިން ބޭނުންކޮށްގެންވެސް އަންނަނީ ކޯވިޑް ޓެސްޓްތަކުގެ ސާމްޕަލް ނަތީޖާ ދެމުންނެވެ.

ރައްޖޭގައި ކޯވިޑަށް ޕޮޒޓިވްވާ މީހުންގެ ޢަދަދު އިތުރުވެ، ނަތީޖާ ނުނެރެވޭ ބޮޑު ބެކްލޮގެއް އޮތްކަމަށް އެޗްއީއޯސީން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އައްޔަ
އަޙުމަދު މުޙައްމަދުގެ ލިޔުންތެރިކަމަށް ސާބަސް