ކޯވިޑް ކޮންޓްރޯލްކުރުމަށް އަންނަ ބުދަ ދުވަހުން ފެށިގެން އިތުރު ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 2021 މެއި 26 ވަނަ ދުވަހުން ފެށިގެން މާލޭ ސަރަޙައްދުގައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށެވެ. ނަމަވެސް ލޮކްޑައުންއެއް ކުރުމަށް ނިންމާފައިނުވާކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 2021 މެއި 26 ވަނަ ދުވަހުން ފެށިގެން މާލޭ ސަރަޙައްދުގައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައި.
ލޮކްޑައުންއެއް ކުރުމަށް ނިންމާފައެއް ނުވޭ.#COVID19
— Mabrook Azeez (@MvSpokesperson) May 23, 2021
ރާއްޖޭގައި ކޯވީޑްގެ ޙާލަތު ނުރައްކާވެ މިހާރުވެސް އަންނަނީ ގިނަ ފިޔަވަޅުތަކެއް ތަންފީޒްކުރަމުންނެވެ. އެގޮތުން ހަވީރު 4 އިން ފަތިހު 4އަށް ދަނީ ކާފިއު ހިންގަމުންނެވެ. އަދި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުންވެސް މިވަނީ މެދުކަނޑާލާފައެވެ. މީގެއިތުރުން މާލޭ ސަރަހައްދުގެ ހޮޓާ ރެސްޓޯރަންޓްތަކުގައި މީހުން ވައްދައިގެން ކެއިން ބުއިމުގެ ހިދުމަތް ދިނުންވެސް ވަނީ މަނާކޮށްފައެވެ. އަދި ޑެލިވަރީގެ ހިދުމަތްވެސް ދެވޭނީ ދަންވަރު 12 އާއި ހަމައަށެވެ.
މާލެ ސަރަހައްދު ފުރަބަންދުކުރަން އަދި ނިންމާފައެއް ނުވޭ: މަބްރޫކް
މިދިޔަ ހަފްތާގައި ޚިޠާބުގައި ރައީސް ވަނީ ރާއްޖޭގައ ކޯވިޑުން ރައްކާތެރިވުމަށް އިތުރު ފިޔަވަޅުތަކެއް އަޅާންޖެހިފާވާކަމަށް ވިދާޅުވެފައެވެ. ރައީސް މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގައި ކޯވިޑްގެ ޙަލަތު ގޯސްވެ ރެކޯޑް ޢަދަދަށް ދަނީ މީހުން ކޯވިޑަށް ޕޮޒިޓިވްވަމުންނެވެ. އެގޮތުން މިމަހުގެ މިހާތަނަށްވެސް 50އަށް ވުރެ ގިނަ މީހުން ވަނީ ނިޔާވެފައެވެ.
ކޮމެންޓު ފޮނުވާ