ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް ޢަބްދުﷲގެ ގޮނޑި ގެއްލިފައިވާކަމަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލާގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅެންދެން މެންބަރު މަޖިލީހަށް ޙާޒިރުވެ ޒިންމާ އަދާކުރެއްވުން މަޑުޖައްސާލުމުގެ ވަގުތީ ޢަމުރެއް ނެރެދެވެން ނެތްކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
ދިވެހިރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެދިގެންދިޔަ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓް ކައުންސިލްގެ މެމްބަރަކަށް ޔަޢުޤޫބު އަައްޔަންކޮށް މަޤާމުގެ ހުވާކުރެއްވުމުން އޭނާގެ ގޮނޑި ގެއްލިފައިވާކަން ކަނޑައަޅައި ދިނުމަށް ވަނީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށައަޅާފައި ވަނީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުޙައްމަދު ހަލީލާއި ޕީޕީއެމްގެ ކައުންސިލް މެންބަރު އަސްޢަދު ޝަރީފެވެ. މިދެ ބޭފުޅުންވެސް މައްސަލަ ހޫށައަޅަފައިވަނީ ދެ މައްސަލައެއްގެ ގޮތުގައެވެ.
ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ ޔައުގޫބުގެ ގޮނޑީގެ މައްސަލާގައި އޭނާ މަޖިލީހަށް ހާޒިރުވެވަޑައިގެން އަދާކުރާއް މަސްޢުލިއްޔަތު އަދާކުރެއްވުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އެދުމުން އެއަމުރު ނެރެދެވެން ނެތީ އެއަމުރު ނުދިންނަމަވެސް މައްސަލަ ހުށައެޅި ފަރާތަށް ލިބޭނެ ގެއްލުމެއް ނެތުމުންނެވެ.
މެންބަރު ޔައުގޫބާއި ދެކޮޅަށް ހުށައަޅާފައިވާ މައްސަލާގައި ބުނެފައިވަނީ އޭނާ ޤާނޫނު އަސާސީގެ73 ވަނަ މާއްދާގެ (ރ)އާއި ޚިލާފުވެފައިވާކަމަށެވެ. ޤާނޫނު އަސާސީގެ73 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެ މަޤާމުގައި ހުރެ މެންބަރުކަން ފިޔަވާ ދައުލަތުގެ އެހެން އެއްވެސް ވަޒީފާއެއް އަދާކޮށްގެން ނުވާނެކަމަށެވެ.
ނަމަވެސް ދިވެހިރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެދިގެންދިޔަ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓް ކައުންސިލްގެ މެމްބަރަކަށް ޔަޢުޤޫބު އަައްޔަންކޮށް މަޤާމުގެ ހުވާކުރެއްވުމުން އޭނާގެ މެންބަރުކަން ގެއްލިފައިވާކަމަށް ބައެއް ފަރާތްތަކުން ގެންދަނީ ވިދާޅުވަމުންނެވެ. ދިވެހިރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއަކީ މިނިވަން މުސްތަގިއްލު ޝަހުޝެއް ކަމަށް އެޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން ޔަޤުޤޫބުގެ މެންބަރުކަން ގެއްލިފައިވާކަމަށް ޤާނޫނީ ދާއިރާގެ ވަރަށް ގިނަ ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ކޮމެންޓު ފޮނުވާ