ކޯވިޑްގައި ފަރުވާދެމުން ދިޔަ 39 އަހަރުގެ އަންހެނަކު ނިޔާވެއްޖެ

ކޯވިޑްގައި ފަރުވާދެމުން ދިޔަ 39 އަހަރުގެ އަންހެނަކު ނިޔާވެއްޖެ

Author
މުޙައްމަދު ޖިމީ
22 މެއި 2021 09:32
0

ކޯވިޑް-19 ޖެހިގެން ފަރުވާދެމުން އައި ޢުމުރުން 39 އަހަރު ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ. އޭނަ ނިޔާވެއްފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށެވެ. މިއީ ރާއްޖޭގައި މިބަލީގައި ނިޔާވި 123 ވަނަ މީހާއެވެ. މިއީ މިބަލީގައި މިއަދު ނިޔާވި 3 ވަނަ މިހާއެވެ.

ރާއްޖެއިން ކޯވިޑްގައިނިޔާވާ މީހުންގެ ޢަދަދުމިމަހު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި މިމަހު ނިޔާވި މީހުންގެ  ޢަދަދު ވަނީ 50އަށް އަރާފައެވެ.

ރާއްޖޭގައި ކޯވިޑް19ގެ ހާލަތު ގޯސްވެ، މިބަލީގައި މީހުން މަރުވަމުންދާ ނިސްބަތް ވަނީ ވަރަށް ބޮޑުތަނުން އިތުރު ވެފައެވެ. އެޗްޕީއޭއިން ބުނެފައިވަނީ މަރުވެފައިވާ %60 މީހުންނަކީ ވެކްސިން ޖަހާފައި ނުވާ މީހުން ކަމުގައެވެ.

ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވާ މީހުންނާއި ބަލީގައި ނިޔާވާ މީހުންގެ ޢަދަދު އިތުރުވަމުން އަންނައިރު މިބަލިން ރައްކާތެރިވުމަށް ބޭނުންކުރަމުން އަންނަ ދިފާޢު ވެކްސިން ފުރިހަމަނުކޮށް ތިބި މީހުން ގިނަކަން ޑޮކްޓަރުން ފާހަގަކުރައްވައެވެ. ރާއްޖޭގައި ކޯވިޑްގެ ނުރައްކާ ބޮޑުވެ ބަލިޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އަދި ނިޔާވާ މީހުންގެ އަދަދުވެެސް އިތުރުވެފައިވާއިރު، ހޮސްޕިޓަލުގައ އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިވަގުތުވެސް 287 މީހަކަށް އަންނަނީ އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.