ކޯވިޑްގެ ފްރޮންޓް ލައިންގެ މަސައްކަތްތެރިންނަށް އެކޮމޮޑޭޝަން ހޯދަނީ

ކޯވިޑްގެ ފްރޮންޓް ލައިންގެ މަސައްކަތްތެރިންނަށް އެކޮމޮޑޭޝަން ހޯދަނީ

Author
މުޙައްމަދު ޖިމީ
22 މެއި 2021 08:19
0

ކޯވިޑް-19އާއި ގުޅިގެން މާލެ ސަރަހައްދުގައި ފްރަންޓް ލައިންގައި މަސައްކަތްކުރާ މީހުންނަށް އެކޮމަޑޭޝަން ހޯދުމަށް އިޢުލާންކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ކޮށްފައިވާ އިޢުލަނެއްގައި ވަނީ، އެކޮމަޑޭޝަން ދިނުމަށް ހުށަހަޅާ ހޮޓާ ނުވަތަ ގެސްޓްހައުސްތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭނީ އެންމެ ގިނަ އަދަދެއްގެ ކޮޓަރި ހުށަހަޅާ ފަރާތަކަށްކަމަށެވެ. އެކޮމޮޑޭޝަން ދިނުމަށް ޝަޢުގުވެރިވާ ފަރާތްތަކުން މިމަހުގެ 23 ގެ ކުރިން  ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަކޮށް ރަޖިސްޓްރީވުމަށް ވަނީ އެދިފައެވެ. ހެލްތު މިނިސްޓްރީން ބުނީ، ގެހެސްޓްހައުސް ނުވަތަ ހޮޓާތަކުން އަންދާސީ ހިސާބު ހުށަހަޅާއިރު، އެތަނަކުން ދޫކުރެވޭނެ ކޮޓަރީގެ އަދަދު، ޑަބަލް ރޫމްގެ ތަފްސީލު އެނގޭނެހެން ހުށަހަޅަންވާނެކަމަށެވެ.

އެކޮމޮޑޭޝަނަށް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތައް:

  • ސިންގަލް ރޫމް (ލޯންޑްރީ އާއެކު) 700 ރުފިޔާ
  • ރޫމް އޮންލީ 500 ރުފިޔާ
  • ފުލްބޯރޑް 850 ރުފިޔާ
  • ފުލްބޯރޑް ޝެއަރިން 1،000 ރުފިޔާ
  • ޑަބަލް ރޫމް(ލޯންޑްރީ އާއެކު) 800 ރުފިޔާ

މިނިސްޓްރީގެ އިއުލާނުގައި ވަނީ ކޮންމެ ދުވަހަކުވެސް ކޮންމެ ކޮޓަރިއަކަށް 1.5 ލީޓަރުގެ ފެން ފުޅިވެސް ފޯރުކޮށްދޭން ވަނެކަމަށެވެ. އަދި ތިން އިރުގެ ކެއުންް ދުވާލަކަށް ބޮލަކަށް ޖެހޭނެއަގުވެސް ހުށަހަޅަން ވާނެ ކަމަށް ބުނެފައިވެއެވެ. ނަމަވެސް، ކެއުމަށް ކަނޑައަޅާފައިވާ އަގު، އެގްރިމެންޓު ކުރެވޭ ފަރާތަށް ދޭނީ އެދުވަހަކަށް ކާންދޭ މީހުންގެ އަދަދުން ކަމަށްވެސް ބުނެފައިވެއެވެ.

ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް އެކޮމޮޑޭޝަން ހަމަޖައްސަން ހޮޓާ ހޯދުމަށް އިއުލާންކޮށްފައިމިވަނީ، މާލެ ސަރަހައްދުގައި ކޯވިޑް ޖެހޭ މީހުންގެ ޢަދަދު ގިނަވެ ސިއްޙީ ޚިދުމަތްތެރިންނަށްވެސް ނުރައްކާވެ ޚިދުމަތް ދިނުމަށް ދަތިވެފައިވާ ދަނޑިވަޅެއްގައެވެ. ރާއްޖޭގައި މިވަގުތުވެސް އެކްޓިވް ކޭސްގެ ގޮތުގައި 21،000އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.