ޑރ.ޑީޑީގެ ރައްދު ޕީޖީއަށް: އަކުރުގައި ހިފައި ދެމުމަކީވެސް ޤާނޫނު ދަންނަކަމެއް ނޫން!

ޑރ.ޑީޑީގެ ރައްދު ޕީޖީއަށް: އަކުރުގައި ހިފައި ދެމުމަކީވެސް ޤާނޫނު ދަންނަކަމެއް ނޫން!

Author
މުޙައްމަދު ޖިމީ
22 މެއި 2021 07:51
0

އަކުރުގައި ހިފައި ދެމުމަކީވެސް ޤާނޫނު ދަންނަކަމެއް ނޫންކަމަށް ވިދާޅުވެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ، ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމަށް ރައްދު ދެއްވައިފިއެވެ.

ޑރ.ދީދީ މިގޮތަށް ރައްދު ދެއްވާފައި މިވަނީ، ތަޙުޤީޤުގެ ބޭނުމަށް މީހަކު ހައްޔަރު ކުރުމަކީ ޤާނޫނު ދަންނަ ކަމެއްނޫންކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް މިއަދު ވިދާޅުވުމާއި ގުޅިގެންނެވެ. ޕީޖީ އެހެން ވިދާޅުވީ، ގެވެށި އަނިޔާގެ ތުހުމަތު ކުރެވިފައިވާ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާ ހައްޔަރުކުރުމަށް ކޯޓު ޢަމުރަކަށް އެދުމުން، އެ ޢަމުރު ނެރެ ނުދިން މައްސަލާގައެވެ.

ޕީޖީގެ ވާހަކަފުޅަށް ރައްދު ދެއްވައި ކުރީގެ އުއްތަމަ ފަނޑޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވީ، އަކުރުގައި ހިފައި ދެމުމަކީވެސް ޤާނޫނު ދަންނަކަމެއް ނޫންކަމަށެވެ. ކުށްކުށަށް ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރެވޭނެ އުޞޫލުތައް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު، އެއީހަމަ ތަޙްޤީޤު މަރްޙަލާގައިވެސް ތަޠްބީޤުކުރެވޭނެ އުޞޫލުތަކެއްކަމަށްވެސް ޑރ.ދީދީ ވިދާޅުވިއެވެ.

އަކުރުގައި ހިފައި ދެމުމަކީވެސް ޤާނޫނު ދަންނަކަމެއް ނޫން؛ ކުށްކުށަށް ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރެވޭނެ އުޞޫލުތައް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު، އެއީހަމަ ތަޙްޤީޤު މަރްޙަލާގައިވެސް ތަޠްބީޤުކުރެވޭނެ އުޞޫލުތައް.

– ޑރ.އަޙްމަދު ޢަބްދުﷲ ދީދީ

ތަޙުޤީޤުގެ ބޭނުމަށް މީހަކު ހައްޔަރު ކުރުމަކީ ޤާނޫނު ދަންނަ ކަމެއްނޫންކަމަށް ހާމަކުރައްވާ ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް އެމަނިކުފާނުގެ އަމިއްލަފުޅު ބްލޮގްގައި ލިޔުއްވާފައިވަނީ، ބަންދު މީހާ ކުރެން ހޭވެސް އަހައި ނުލައި، 53 ދުވަހަށް ނުވަތަ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ ނިޒާމަކުން، 24 ގަޑިއިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުގެ ނިޒާމަކަށް ޖިނާއީ ޢަދުލުގެ ނިޒާމު ހިޖުރަކޮށްފައިވާކަމަށެވެ.

ހައްޔަރުކުރުން ހުއްދަ ސަބަބުތައް ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި އޮތް އިރު، ‘ތަޙުޤީޤުގެ ބޭނުމަށް’ ހައްޔަރު ކުރުމަކީ ޤާނޫނު ދަންނަ ކަމެއް ނޫންކަމަށާއި،. ނަމަވެސް، ޤާނޫނު ތަންފީޒުކުރާ ބައެއް މީހުންނާއި ބައެއް ޢާންމުންނަށް އަދިވެސް ހީވެފައި އޮންނަނީ، ތަޙްޤީޤު ކުރުމަށްޓަކައި، މީހުން ބަންދުކުރަންޖެހޭ ކަމަށް ވިދާޅުވއެވެ އެއީ، ތަޙްޤީޤު ކުރަން ފަސޭހަވާނެ ކަމެއްކަމަށާއި، ނަމަވެސް މިކަމުގެ ތާރީޚީ ޙަޤީޤަތްތައް ހުރި ގޮތުން، ޤާނޫނުއަސާސީ ލިޔުނު މީހުން އޮތީ، އެވިސްނުމާ ދުރަށް، ތުހުމަތު ކުރެވޭ މީހާގެ ޙައްޤުތައް ޙިމާޔަތް ކުރެވޭ ގޮތަކަށް ޤާނޫނު ލިޔެފައިވާކަމަށްވެސް ޕީޖީ ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލީ
އިބުރާގެ މުގައްރިރު ކަމުގައި ލިޔުނު ގާނޫނު އަސާސީ އަކީ އޮސްޓްރޭލިޔާގެ އެއްޗެއްގެ ދިވެހި ތަރުޖަމާ. މިފެންވަރަށް ދިވެހި ފުޒާރާތައް ތަރައްގީވާން ނަގާނެ 100 އަހަރު . އެދުވަސް އައީމަ ތިގާނޫނު ރަނގަޅަށް ތަންފީޒުވާނީ.