ރިސޯޓް ތަރައްޤީކުރަން ހުޅުވާލި 16 ރަށެއްގެ އަގު ކުޑަކޮށްފި

ރިސޯޓް ތަރައްޤީކުރަން ހުޅުވާލި 16 ރަށެއްގެ އަގު ކުޑަކޮށްފި

Author
މުޙައްމަދު ޖިމީ
22 މެއި 2021 02:14
0

ޓޫރިސްޓް ރިސޯޓް ތަރައްޤީކުރުމަށް ހުޅުވާލި 16 ރަށެއްގެ ލީޒް އެކުއިޒިޝަން ކޮސްޓް ޓޫރިޒަމް މިނިސްޓްރީން ކުޑަކޮށްފިއެވެ.

ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައެޅި 16 ބިމަކާއި ރަށެއްގެ ލޭންޑް އެކުއިޒިޝަން ކޮސްޓަށް ޓޫރިޒަމް މިނިސްޓްރީން ބަދަލުގެނެސްފައި މިވަނީ، މިހާރު އިންވެސްޓް ކުރަން އިންވެސްޓަރުންނަށް ދަތި ތަކެއް ހުރުމުންނާއި، މިވަގުތު ދުނިޔޭގެ އިންވެސްޓްކުރުމުގެ މާހައުލަށް ރިއާޔަތްކޮށްކަމަށް ޓޫރިޒަމް މިނިސްްރީން ބުންޏެވެ. އެގޮތުން ފަތުރުވެރިކަން ތަރައްޤީކުރަން ދޫކުރާ ހުރިހާ ރަށަކާއި ބިމަކުންވެސް އެކިއުޒިޝަން ކޮސްޓް 30 އިންސައްތަ ވަނީ ކުޑަކޮށްދީފައެވެ.

އަގަށް ބަދަލު ގެނެސް މިހާރު ނެގުމަށް ކަނޑައެޅި އަގުތައް:

ހއ. ވެލިފިނޮޅު – 420000
ހއ. އަލިދުއްފަރުފިނޮޅި – 350000
ހދ. ކުޑަފަރުފަސްގަނޑު – 210000
މ. ސީދީހުރާ – 875000
މ. މާއުސްފުށި – 1،575000
ތ. ކާއްޑޫ – 700000
ތ. ކަނިމީދޫ (އުތުރުފަރާތުން 10 ހެކްޓަރު) – 1،050000
ތ. އޮޅުފުށި އަދި އޮޅުފުށި ފިނޮޅު – 700000
ލ. ކަށިދޫ – 700000
ލ. ބޮޑުމުންޏަފުށި – 700000
ލ. ދޮންބެރަހާ އަދި ހޮޅުރަހާ – 525000
ގއ. މާރެހާ – 1،400000
ގއ. ފުނަދޫވިލިގިއްޔާ – 700000
ގދ. ކަނޑަހަލަގަލަ – 875000
ގދ. ކަނޑެވާރެހާ އަދި ދިގުރެހާ – 700000
ގދ. ފެރޭތަވިލިގިއްލާ، ދެކާނބާ،ކޮޑެރަޓާ އަދި ކޯޑިނޭޓްސް ގައިވާ ރަށް – 700000

މި ރަށްތަކަށް ބީލަން ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ ޖޫންމަހުގެ 10 ވަނަ ދުވަހެވެ. ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށާއި ބިންބިމުގެ ތެރެއިން ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 8 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.