ކޯވިޑް ފެސިލިޓީއަށް ގެންދަނިކޮށް ދެމީހަކު ފިލައިފި

ކޯވިޑް ފެސިލިޓީއަށް ގެންދަނިކޮށް ދެމީހަކު ފިލައިފި

Author
މުޙައްމަދު ޖިމީ
22 މެއި 2021 02:00
0

ކޯވިޑް-19އަށް ޕޮޒިޓިވްވުމުން، ހުޅުމާޅެ މެޑިކަލް ފެސިލިޓީއަށް ގެންދަނިކޮށް ދެ މީހަކު ރޭ ފިލައފިއެވެ. ރޭ ފިލި ދެމީހުންނަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުން ހައްޔަރުކުރި ދެމީހުންނެވެ. ނަމަވެސް އެމީހުން ކޯވިޑަށް ޕޮޒިޓިވްވެފައި ތިބުމުން ފުލުހުން ވަނީ އެމީހުން ކޯވިޑް ފެސިލިޓީއަށް ގެންދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާއި ހަވާލުކޮށްފައެވެ.

ފުލުހުން ބުނީ އެޗްޕީއޭގެ ބެލުމުގެދަށުން ފެސިލިޓީއަށް ގެންދަނިކޮށް އެމީހުން ފިލާފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށާއި، އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެމީހުން ފިލީ ކޮންތާކުންކަމެއް ފުލުހުން ނުބުނެއެވެ.

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ދެމީހުން ޕޮޒިޓިވްވެފައިވާއިރު، ހަރުކަށި ފިކުރާއި ދެކޮޅަށް ފުލުހުން މިހާރު ހިންގަމުން އަންނަ ޚާއްޞަ އޮޕަރޭޝަންގައި، ހައޔްރަުކުރި ބައެއް މީހުންވެސް ކޯވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އެކަމުގެ ސަބަބުން ފުލިހުން ހިންގާ ތަހުހީގަށް ވަނީ ދަތިވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާއި ގުޅިގެން ބ.ދަރަވަންދޫއިންވެސް ބަޔަކު ހައްޔަރުކޮށްފައިވާއިރު، އޭޣެ ތެރެއިންވެސް ބަޔަކު ކޯވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އަދި އެމީހުންނާއި ކޮންޓެކްޓް ވެފައިވާ ބައެއް މީހުންވެސް ވަނީ އެކަހެރިކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މޫސާ
ތިޔަކަމުންއެނގެނީ ފުލުހުންގެ ފެންވަރު