ކޯވިޑްގައި އިތުރު މީހަކު ނިޔާވެއްޖެ

ކޯވިޑްގައި އިތުރު މީހަކު ނިޔާވެއްޖެ

Author
މުޙައްމަދު ޖިމީ
22 މެއި 2021 01:16
0

ކޯވިޑް-19ގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ ޢުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ މިބަލީގައި ރާއްޖެއިން މިމަހު ނިޔާވި 48 ވަނަ މީހާއެވެ. އަދި ރާއްޖެއިން މިހާތަނަށް ނިޔާޥި 121 ވަނަ މީހާއެވެ.

ރާއްޖޭގައި ކޯވިޑް19ގެ ހާލަތު ގޯސްވެ، މިބަލީގައި މީހުން މަރުވަމުންދާ ނިސްބަތް ވަނީ ވަރަށް ބޮޑުތަނުން އިތުރު ވެފައެވެ. އެޗްޕީއޭއިން ބުނެފައިވަނީ މަރުވެފައިވާ %60 މީހުންނަކީ ވެކްސިން ޖަހާފައި ނުވާ މީހުން ކަމުގައެވެ.

ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވާ މީހުންނާއި ބަލީގައި ނިޔާވާ މީހުންގެ ޢަދަދު އިތުރުވަމުން އަންނައިރު މިބަލިން ރައްކާތެރިވުމަށް ބޭނުންކުރަމުން އަންނަ ދިފާޢު ވެކްސިން ފުރިހަމަނުކޮށް ތިބި މީހުން ގިނަކަން ޑޮކްޓަރުން ފާހަގަކުރައްވައެވެ. ރާއްޖޭގައި ކޯވިޑްގެ ނުރައްކާ ބޮޑުވެ ބަލިޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އަދި ނިޔާވާ މީހުންގެ އަދަދުވެެސް އިތުރުވެފައިވާއިރު، ހޮސްޕިޓަލުގައ އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިވަގުތުވެސް 286 މީހަކަށް އަންނަނީ އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.