ދީނީ ކަންކަމަށް މީހުން ހޭލުންތެރިކުރުމަށް މަސައްކަތްކުރައްވާ އަދި ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވް ބޭފުޅެއްކަމަށްވާ ޢަލީ ރަމީޒްގެ ޓުވިޓާ އެކައުންޓް ސަސްޕެންޑްކޮށްފިއެވެ.
އަލީ ރަމީޒްގެ ޓްވިޓަރ އެކައުންޓް ސަސްޕެންޑްކުރި ސަބަބެއް އަދި ސާފެއް ނުވެއެވެ. ޢަލީ ރަމީޒް ވިދާޅުވީ، ޓްވިޓަރ އެކައުންޓް ސަސްޕެންޑްކުރުމާއި ގުޅިގެން، އެކައުންޓް ހޯދުމަށް ޓްވިޓައަށް މިހާރު ލިޔެފައިވާނެކަމަށެވެ. ޢަލީ ރަމީޒްގެ އެކައުންޓް ސަސްޕެންޑްކޮށްފައިވާއިރު، އެ އެކައުންޓް ފޮލޯކުރާ 28،000އަށް ވުރެ ގިނަ މީހުން ތިއްބެވެ.
ޢަލީ ރަމީޒަކީ ޓްވިޓާގައި ދީނީ ކަންކަމަށް މީހުން ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެކެވެ. ޢަލީ ރަމީޒް ވަނީ މިއަދުވެސް ފަލަސްތީނަށް ސަޕޯޓްކޮށް ގިނަ ޓްވީޓްތަކެއް ކުރައްވާފައެވެ.
ޢަލީ ރަމީޒްގެ އެކައުންޓް ސަސްޕެންޑްކޮށްފައިވަނީ ފަލަސްތީން މިނިވަންކުރުމަށް ގޮވާލާ ރާއްޖޭގައި ހިންގި ގިނަ ހަރަކާތްތަކެއްގެ ފޮޓޯ ތަކާއި ވީޑިއޯތައް މިއަދުވެސް ޓްވީޓްކުރި ފަހުންނެވެ.
ކޮމެންޓު ފޮނުވާ